
ޗަމްޕާ ބްރަދާސް އިން ހަދިޔާ ކުރި ކާށި މާލެ ސިޓީ ކައުންސިލުން ބަހަން ފަށައިފި
ޗަމްޕާ ބްރަދާސް އިން ހަދިޔާ ކުރި ކާށި މާލެ ސިޓީ ކައުންސިލުން ބަހަން ފަށައިފި
ލިޔުން:
ދިވެހި ރައްޔިތުންނަށް ޗަމްޕާ ބްރަދާސްގެ ފަރާތުން ހަދިޔާ ކޮށްފައިވާ ކާށި މާލެ ސިޓީ ކައުންސިލުން ބަހަން ފަށައިފިއެވެ.
ސިޓީ ކައުންސިލުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހާއި ހަމައަށް ކާށި ބެހުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓްރީގެ ދަފްތަރުގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުނަށް ކަމަށެވެ.
ކާށި ބަލާ ޑާ އިރު ފަގީރުންގެ ލިސްޓުގައި ހިމެނޭކަން އެނގޭ ލިޔުމެއް ގެންދިއުމަށް މާލެ ސިޓި ކައުންސިލުން އެދެއެވެ.
[embed]https://twitter.com/MaleCitymv/status/1645666635871825921[/embed]
މިމަހުގެ 17 އިން ފެށިގެން ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ކާށި ބަހާނެކަމަށާއި، ކާށި ބަލާ ދާއިރު އައިޑީ ކާޑު ގެނެއުމަށް ސިޓީ ކައުންސިލުން އެދެއެވެ.
ސިޓީ ކައުންސިލުން ބުނީ ކާށި ބެހުން ކުރިއަށްދާނީ މާލެސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާއި ބެހޭބައި (ތައިސޭކޮށި / ބޮޑުތަކުރުފާނުމަގު) ގައި ކަމަށާއި ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:30 ން 13:30 އަށް އަދި ރޭގަނޑު 21:30 ން 23:30 އަށް ކާށިބެހުން ކުރިއަށް ދާނެކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
