ޗާގޯސް މައްސަލާގައި ކުރާ މުޒާހަރާގައި ޖޭޕީއިން ބައިވެރި ނުވުމަށް ގާސިމް އެދިވަޑައިގެންފި

ޗާގޯސް މައްސަލާގައި ކުރާ މުޒާހަރާގައި ޖޭޕީއިން ބައިވެރި ނުވުމަށް ގާސިމް އެދިވަޑައިގެންފި
ލިޔުން:
ރާއްޖެ- މޮރިޝަސް ކަނޑުގެ އިމުގެ މައްސަލަ ނިމުނުގޮތާ ދެކޮޅަށް، އިދިކޮޅުން އިންތިޒާމްކޮށްގެން 2 ޖޫންގައި ބާއްވަން ހަމަޖެހިފައިވާ މުޒާހަރާގައި، ޖުމްހޫރީ ޕާޓިގެ މެމްބަރުން ބައިވެރި ނުވުމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެދިވަޑައިގެންފި އެވެ.
ޖުމްހޫރީ ޕާޓިގެ ލިޑާޝިޕްގެ މެމްބަރުންނަށް ގާސިމް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ކަނޑުގެ މައްސަލާގައި މަގުމައްޗަށް ނިކުތުމަށް ވުރެ ގާނޫނީ ހަމަތަކުގެ ތެރެއިން މަސައްކަތް ކުރުން ބުއްދިވެރި ކަމަށެވެ.
2 ޖޫން ގައި ފޯޅަވަހީގެ މައްސަލައިގައި ސަރުކާރާއި ދެކޮޅަށް ރާވާފައިވާ މުޒާހަރާ ގެ މިސްރާބާއި ނަތީޖާ އަކީ ކޮބައިކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ، 2015 މޭ ޑޭ މުޒާހާރާގައި ވެސް ޖޭޕީން ބައިވެރި ނުވުމަށް ނިންމެވި ކަމަށާއި އެ މުޒާހަރާ ނިމުނު އިރު، އަންދާސާާ ކުރި ނަތީޖާ އާއި ނުކުތް ނަތީޖާ މުޅިން ތަފާތުކަމަށެވެ. އެހެން އެކަން ހިނގާފާނެތީ އެކަމާ ވިސްނުމަށް ފަހު ޖޭޕީން އެ މުޒާހަރާގައި ބައިވެރި ނުވުމަށް އޭރު ވެސް ނިންމީ ކަމަށް ގާސިމް ވިދާޅުވިއެވެ.
ހަމަ އެގޮތަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި، އެންމެ ފަހުން ބޭއްވި، އެ ޕާޓީގެ ކައުންސިލްގެ ނިންމުމާއި އެއްގޮތަށް ގައުމުގެ އަމަން އަމާން ކަމާއި، އާންމު މަސްލަހަތަށް ރިއާޔަތްކޮށް އެ ޕާޓީ އާއި އެ ޕާޓީގެ ލީޑަރޝިޕުން ދެމިތިބެން ވާނީ މިފަދަ ދަތި ދަނޑިވަޅެއްގައި ގައުމު ހަލަބޮލި ނުވާނެ މަގަށް ވިސްނުން އިސްކޮށްގެން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
"ވިސްނުންތެރިކަމާއި އެކު ބައިނަލް އަގްވާމީ މާހިރުންގެ ލަފާއާއި އެކު އިޓްލޮސް ގެ ނިންމުން ބަދަލު ކުރެވޭނޭ އެންމެހާ މަގުތަކެއް ހޯދޭތޯ ހުރިހާ ބޭފުޅުންވެސް ބުރަކޮށް މަސައްކަތް ކުރެއްވުން އެއީ ހަގީގީ ނަތީއްޖާ އެއް ހާސިލް ވާނެ މަގުކަމުގައި އަޅުގަނޑު ދެކެން" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެ ސަބަބަށްޓަކާ، އެޕާޓީން، 2 ޖޫންގެ މުޒާހަރާގައި ބައިވެރި ނުވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
"2 ޖޫން ގެ މުޒާހަރާގައި ޕާޓީގެ ލީޑަރޝިޕާއި އާންމު މެންބަރުން ބައިވެރިވެ ވަޑައި ނުގަތުމަކީ އަޅުގަނޑުގެ އިހްލާސްތެރި ނަސޭހަތެއް އަދި އިލްތިމާސް އެއް" ގާސިމް ވިދާޅުވި އެވެ.
އެ މުޒާހަރާ ގައި ބައިވެރި ނުވުމަށް ޖޭޕީއިން ނިންމި ނަމަވެސް، ޗާގޯސް މައްސަލާގައި ސަރުކާރުގެ ނިންމުމާމެދު އެޕާޓީއިން ދަނީ ނުރުހުން ފާޅުުކޮށް މަަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު އެ ޕާޓީގެ ކައުންސިލުގެ ހާއްސަ ބައްދަލުވުމެއް ބާއްވާ، އެ މަައްސަލައާ މެދު މަޝްވަރާކޮށް ގަރާރެއް ނެރުނެވެ. އެޕާޓީގެ ލީޑަރު ގާސިމް އިބުރާހީމް ވަނީ މީގެ ކުރިން އެމައްސަލާގައި ބަޔާނެއް ވެސް ނެރުއްވާފައެވެ. އަދި އެމައްސަލައިގެ ހުކުމް އިއްވުމުގެ ކުރިން ،މައްސަލަ ބެލި އެޓްލޮސްއަށް އެމަނިކުފާނު ސިޓީފުޅެއް ވެސް ފޮނުއްވިއެވެ. ގާސިމް ގެ ބަޔާނުގައި ވިދާޅުވީ، ރާއްޖޭގެ ސަރަހައްދުން އެންމެ ކޮޑި އިންޗިއެއްވެސް ދިވެހީންނަށް ގެއްލޭ ގޮތަށް ނިންމާ އެއްވެސް ނިންމުމަކަށް ތާއީދު ނުކުރައްވާނެކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
