މާލެ: 31°C

ޗާގޯސް މައްސަލާގައި މަޝްވަރާކުރުމަށް ޖޭޕީ ކައުންސިލުން ބާއްވާ ބައްދަލުވުން ލައިވްކުރާނެ

ޗާގޯސް މައްސަލާގައި މަޝްވަރާކުރުމަށް ޖޭޕީ ކައުންސިލުން ބާއްވާ ބައްދަލުވުން ލައިވްކުރާނެ
May 24, 2023
2 ފަހަރު ބަލާފައި
ޗާގޯސް މައްސަލާގައި މަޝްވަރާކުރުމަށް ޖޭޕީ ކައުންސިލުން ބާއްވާ ބައްދަލުވުން ލައިވްކުރާނެ
ޗާގޯސް މައްސަލާގައި އިތުރަށް މަޝްވަރާކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ކައުންސިލްގެ ބައްދަލުވުމެއް މާދަމާ ބާއްވާ، އެ ބައްދަލުވުން ޓީވީި އިން ލައިވް ކުރަން އެ ޕާޓީ އިން ނިންމައިފިއެވެ. ޖޭޕީއިން ބުނި ގޮތުގަ އެ ބައްދަލުވުން އޮންނާނީ މާދަމާ މެންދުރު ފަހު 2:00 ގަ އެވެ. މިއީ ޖޭޕީ ކައުންސިލްގެ ބައްދަލުވުމެއް ލައިވް ކުރާ ފުރަތަމަ ފަހަރެވެ. ޗާގޯސް މައްސަލާގައި ހާއްސަ ބައްދަލުވުމެއް ބާއްވަން ނިއްމިއިރު އެޕާޓިގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ، ރާއްޖެ- މޮރިޝަސް ކަނޑުއޮޅި ބެހުމުގެ މައްސަލައިގައި ސަރުކާރުގެ ނިންމުމާއި މެދު ފާޑު ވިދާޅުވެ ވާހަދައްކަވާފައެވެ. އަދި އެމައްސަލާގައި ހުކުމް ކުރުމުގެ ކުރިން އެމަނިކުފާނު އެޓްލޮސްއަށް ސިޓިފުޅެއް ވެސް ފޮނުއްވިއެވެ. ގާސިމް ވިދާޅުވެފައި ވަނީ، އެކަމާ ގުޅޭގޮތުން ރާއްޖޭގެ ނިންމުމަކީ ގާނޫނާ ހިލާފް ނިންމުމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. " ދިވެހީންނަށް މިފުރުޞަތު ގެއްލިގެންދިއުމުގައި، ދިވެހިސަރުކާރުން މިކަމުގައި ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތު މޮރިޝަސްއަށް ފަހިވާގޮތަށް ކުއްލިއަކަށް ބަދަލުކޮށް، ރައީސުލް ޖުމުހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވިސިޓީފުޅު ބޮޑު ދައުރެއް އަދާކުރިކަން، ފަނޑިޔާރު އިއްވެވި ޙުކުމުގެ ޤަޟިއްޔާގެ 20 ވަނަ ޞަފްޙާގައި ބަޔާންކޮށްފައިވާ 51 ވަނަ ނުކުތާއިން ސާފުކޮށް އެނގެން އޮވެއެވެ. މިޢަމަލަކީ، ދިވެހިރާއްޖޭގެ ޤާނޫންއަސާސީގެ 3 ވަނަ މާއްދާ އާއި އަދި 6/96 ދިވެހިރާއްޖޭގެ ކަނޑުތަކާ ބެހޭ ޤާނޫނުގައި ކަނޑައެޅި ބަޔާން ވެގެންވާ ގޮތްތަކާ ޚިލާފަށް ކުރެއްވެވި ޢަމަލަކަށްނުވޭތޯއެވެ؟" ގާސިމް ވިދާޅުވެފައިވެއެވެ. ގާާސިމް ވިދާޅުވެފައިވަނީ، ރާއްޖޭގެ ސަރަހައްދުން އެންމެ ކޮޑި އިންޗިއެއްވެސް ދިވެހީންނަށް ގެއްލޭ ގޮތަށް ނިންމާ އެއްވެސް ނިންމުމަކަށް ތާއީދެއް ނުކުރައްވާނެކަމަށެވެ. މިމައްސަލާގައި ތަކުރާރުކޮށް ޖޭޕީއިން ނުރުހުން ފާޅުކޮށްފައިވާ އިރު، މާދަމާ އެމައްސަަލައާ މެދު އިތުރަށް މަޝްވަރާކޮށް ގޮތެއް ނިންމުމަށް އެ ޕާޓިގެ ކައުންސިލްގެ ބައްދަލުވުމުވައި މިވަނީ އެޖެންޑާކޮށްފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ