މާލެ: 31°C

ޗާގޯސް މައްސަލާގައި ގާސިމް ވެސް ސަރުކާރާ ދެކޮޅަށް ނިކުމެއްޖެ

ޗާގޯސް މައްސަލާގައި ގާސިމް ވެސް ސަރުކާރާ ދެކޮޅަށް ނިކުމެއްޖެ
May 2, 2023
2 ފަހަރު ބަލާފައި
ޗާގޯސް މައްސަލާގައި ގާސިމް ވެސް ސަރުކާރާ ދެކޮޅަށް ނިކުމެއްޖެ
ޗާގޯސް މައްސަލާގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވެސް ސަރުކާރާ ދެކޮޅަށް ނިކުމެއްޖެއެވެ. ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިޓްލޮސް އިން މިދިޔަ މަހު 28 ގައި އިއްވި ހުކުމާ ގުޅިގެން ދިވެހީންނަށް ގެއްލިގެންދިޔަ ކަނޑުގެ ސަރަޙައްދު އަނބުރާ ލިބޭނެ އެއްވެސް ގޮތެއް އޮތްތޯ ދިރާސާކޮށް، އެމަގަށް ދިވެހިރައްޔިތުންނާ އެކު އިހްލާސްތެރިކަމާ އެކު މަސައްކަތް ކުރުމަށް ނިކުމެވަޑައިގެން އެމަނިކުފާން ހުންނަވާނެ ކަމަށެވެ. "ދިވެހީންނަށް މިފުރުޞަތު ގެއްލިގެންދިއުމުގައި، ދިވެހިސަރުކާރުން މިކަމުގައި ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތު މޮރިޝަސްއަށް ފަހިވާގޮތަށް ކުއްލިއަކަށް ބަދަލުކޮށް، ރައީސުލް ޖުމުހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވިސިޓީފުޅު ބޮޑު ދައުރެއް އަދާކުރިކަން، ފަނޑިޔާރު އިއްވެވި ޙުކުމުގެ ޤަޟިއްޔާގެ 20 ވަނަ ޞަފްޙާގައި ބަޔާންކޮށްފައިވާ 51 ވަނަ ނުކުތާއިން ސާފުކޮށް އެނގެން އޮވެއެވެ. މިޢަމަލަކީ، ދިވެހިރާއްޖޭގެ ޤާނޫންއަސާސީގެ 3 ވަނަ މާއްދާ އާއި އަދި 6/96 ދިވެހިރާއްޖޭގެ ކަނޑުތަކާ ބެހޭ ޤާނޫނުގައި ކަނޑައެޅި ބަޔާން ވެގެންވާ ގޮތްތަކާ ޚިލާފަށް ކުރެއްވެވި ޢަމަލަކަށްނުވޭތޯއެވެ؟" ޓުވީޓް ގައި ގާސިމް ވިދާޅުވިއެވެ. ގާާސިމް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ސަރަހައްދުން އެންމެ ކޮޑި އިންޗިއެއްވެސް ދިވެހީންނަށް ގެއްލޭ ގޮތަށް ނިންމާ އެއްވެސް ނިންމުމަކަށް ތާއީދެއް ނުކުރައްވާނެކަމަށެވެ. https://twitter.com/qasimibrahim/status/1653108473406832640?s=48&t=uQCZRj9B9MnPdws6EolbBQ ޗާގޯސްއާ ގުޅޭ ގޮތުން އިޓްލޮސްއިން ނިންމި ނިންމުން ބަލައިނުގަންނާނެ ކަމަށް އެހެން ޕާޓީތަކުން ވެސް ވަނީ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ