މާލެ: 31°C

ޗާގޯސް މައްސަލާގައި ފޮނުވި ސިޓީ ބާތިލް ކުރަން ސުޕްރީމް ކޯޓަށް

ޗާގޯސް މައްސަލާގައި ފޮނުވި ސިޓީ ބާތިލް ކުރަން ސުޕްރީމް ކޯޓަށް
April 30, 2023
2 ފަހަރު ބަލާފައި
ޗާގޯސް މައްސަލާގައި ފޮނުވި ސިޓީ ބާތިލް ކުރަން ސުޕްރީމް ކޯޓަށް
ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަނޑުގެ އިމުގެ މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީފުޅު ބާތިލްކޮށް ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފިއެވެ. މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރިން ސިފައިންގޭގައި މަސައްކަތް ކުރެއްވި ޒުބައިރު އަހްމަދު މަނިކުގެ އިތުރު މުހައްމަދު މުސްތާގު ކިޔާ ބޭފުޅެއްގެ ނަމުގައިކަމަށް މައުލޫމާތުލިބިފައިވެއެވެ. އެ މައްސަލާގައި އެދިފައިވަނީ ރައީސް ސޯލިހުގެ ސިޓީފުޅު ބާތިލްކޮށް ދިނުމާއެކު އެ ސިޓީ ހާމަކޮށް، ސިޓީއާ ގުޅޭގޮތުން ކޮށްފައިވާ ހުރިހާ މައުލޫމާތެއް ހާމަކުރުމަށް އަމުރުކުރުމަށެވެ. އެ ސިޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވީ މިދިޔަ އަހަރު އިނގިރޭސި ވިލާތުގެ ދަށުގައި އޮތް ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމުގެ މައްސަލާގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެކަން ހާމަކުރުމަށެވެ. އަދި އޭރު އެ ސިޓީ ފޮނުއްވީ ރާއްޖޭގެ ކަނޑުގެ މައްސަލަ ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި އޮތުމުން ކަމަށާއި އެ މައްސަލަ ޓްރައިބިއުނަލުން ބެލުމަށް ފަހު މިދިޔަ ހުކުރު ދުވަހު ވަނީ ރާއްޖެ އަށް ބޮޑު ބައި ލިބޭ ގޮތަށް ކަނޑުގެ ސަރަހައްދު ދެ ގައުމަށް ބަހާލުމަށް ނިންމާފައެވެ. އެގޮތުން ދެ ގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ ގާތްގަނޑަކަށް 4،600 އަކަ ކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފަ އެވެ. އަދި ކަނޑުގެ ސަރަހައްދުގެ މައްސަލާގައި ޓްރައިބިއުނަލުން ނިންމީ 47،232 އަކަ ކިލޯމީޓަރާއި  މޮރިޝަސްއަށް 45،331 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ