މާލެ: 31°C

ޗާގޯސް މައްސަލަ ރާއްޖެ ކާމިޔާބުކޮށްފި

ޗާގޯސް މައްސަލަ ރާއްޖެ ކާމިޔާބުކޮށްފި
April 28, 2023
2 ފަހަރު ބަލާފައި
ޗާގޯސް މައްސަލަ ރާއްޖެ ކާމިޔާބުކޮށްފި
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލައިގައި ރާއްޖެއަށް ޗާގޯސްގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މިއަދު ނިންމައިފި އެވެ. އިޓްލޮސް އިން ނިންމީ ފުށު އަރާބައި ‘އިކުއި ޑިސްޓެންސް’ގެ އުސޫލުގެ ދަށުން ބަހާލާށެވެ. މި އުސޫލާ މެދު ހިޔާލު ތަފާތުވުން އުފެދުނީ ބްލެންހެމް ރީފުން ފެށިގެން  މިން އެޅުމަށް މޮރިޝަސް އިން ބުނުމުންނެވެ. ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު ދެ ގައުމުގެ ހިޔާލުތަފާތުވާ ކަނޑުގެ ސަރަހައްދުގެ ބޮޑުމިނުގައި 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ހިމެނެ އެވެ. މިއަދު އިޓްލޮސް އިން ނިންމީ އިކުއި ޑިސްޓެންސްލައިން ކުރެހުމުގައި ބްލެންހެމް ރީފުން އެއްވެސް ޕޮއިންޓެއް ނުބެލުމަށެވެ. އެއީ މޮރިޝަސްގެ އައްސޭރި ސަރަަހައްދެއް ނޫންކަމަށް ބުނެ، އެކަން ސާބިތުކުރުމަށް ރާއްޖޭން ވަނީ ސެޓެލައިޓް ފޮޓޯތަކާއި ސައިންޓިފިކް އެކި ހެކިތައް ހުށަހަޅާފަ އެވެ. ހަމައެކަނި ހިކި ދިޔަވަރުގައި ފެންނަ މި ފަރަކީ އިކުއި ޑިސްޓެންސް ލައިން ކުރެހުމުގައި ބޭސް ޕޮއިންޓަކަށް ބެލިދާނެތޯ ބެލުމަށް ފަހު އިޓްލޮސް އިން ނިންމީ މޮރިޝަސްގެ ހުށަހެޅުން ބަލައިނުގަނެވޭނެ ކަމަށެވެ. އަދި ބްލެންހެމް ރީފުން އެއްވެސް ޕޮއިންޓެއް އިކުއި ޑިސްޓެންސް ލައިން ކުރެހުމުގައި ނުބަލަން އިޓްލޮސްގެ ހާއްސަ ޗެމްބާއިން ވަނީ ކަނޑައަޅައިފަ އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ