
"ބޯހިމެނުން 2022" ގެ ރިޕޯޓް ނެރެފި
"ބޯހިމެނުން 2022" ގެ ރިޕޯޓް ނެރެފި
ލިޔުން:
މިދިޔަ އަހަރުގެ ސެޕްޓެމްބަރު 13 އިން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ "ބޯހިމެނުން 2022" ގެ ރިޕޯޓް މިއަދު ނެރެފި އެވެ.
ދުނިޔޭގެ އަބާދީ ދުވަސް ފާހަގަ ކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ރިޕޯޓް ނެރެދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.
އ.ދ ގެ އަބާދީ ޖަމިއްޔާއާއި ރާއްޖޭގެ ސްޓެޓިސްޓިކް ބިއުރޯގެ އިތުރުން ހައުސިން މިނިސްޓްރީގެ ބޭފުޅުން ބައިވެރިވި މި ރަސްމިއްޔާތުގައި ނައިބު ރައީސްގެ އިތުރުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
ބޯހިމެނުން 2022ގެ ރިޕޯޓް ނައިބު ރައީސް ނެރެދެއްވުމާއި އެކު މިހާރު ސްޓެޓިސްޓިކް ބިއުރޯގެ ވެބްސައިޓުން މި ރިޕޯޓް ބަލާލެވޭނެ އެވެ.
މި ރިޕޯޓުން ދައްކާ ގޮތުގައި ރާއްޖޭގެ މިހާރުގެ އާބާދީއަކީ 515،132 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ 382،639 ދިވެހިންނާއި 132،493 ބިދޭސީންނެވެ.
ރާއްޖޭގެ އަބާދީގެ ތެރެއިން ވެރިކަން ކުރާ މާލެ ސިޓީގައި 211،908 މީހުން ދިރިއުޅެމުން އަންނަކަމަށް މި ރިޕޯޓުން ދައްކަ އެވެ. މީގެ އިތުރުން 52,482 މީހުން ރިސޯޓްތަކުގައި ދިރިއުޅޭ އިރު ސިނާއީ މަސައްކަތް ކުރާ ރަށްތަކުގައި 13,831 މީހުން ދިރިއުޅެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
