
ކެޓް ޝެލްޓާ އަޅާދޭނެ ބަޔަކު ހޯދަނީ
ކެޓް ޝެލްޓާ އަޅާދޭނެ ބަޔަކު ހޯދަނީ
ލިޔުން:
ހުޅުމާލެ ފަރުކޮޅުފުށި ސަރަހައްދުގައި ކެޓް ޝެލްޓަރ ތަރައްގީކޮށްދޭނެ ބަޔަކު ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.
މާލޭގެ މަގުމަތީގައި ބުޅާ ގިނަވަމުންދާ މައްސަލައަށް ހައްލެއް ހޯދުމަށް ކެޓް ޝެލްޓާ ހަދަން ކަނޑައަޅާފައިވާ ބިން މިދިޔަ މަހުގެ 9 ވަނަ ދުވަހު ވަނީ މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފައެވެ.
ސިޓީ ކައުންސިލުން މިހާރު ވަނީ އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފައެވެ. އެގޮތުން މި މަސައްކަތަށް އަގު ހުށައެޅުމުގެ ފުރުޞަތު މިމަހުގެ 7 ވަނަ ދުވަހު އޮންނާނެކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް ، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
ކެޓް ޝެލްޓަރގެ މަޝްރޫއު ކުރިއަށްގެންދިއުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މާލެ ސިޓީ ކައުންސިލާ ހަވާލުކުރީ މިދިޔަ ޖެނުއަރީ މަހުގައެވެ.
ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން 5،000 އަކަފޫޓުގެ ބިމެއް ހަވާލުކޮށްފައެވެ. އެމަޝްރޫއުގެ ދަށުން ހަދާ ކެޓް ޝެލްޓަރގައި ބުޅަލާއެކު ޢާންމުންނަށް ވަގުތު ހޭދަކޮށްލެވޭ ގޮތަށް ކެޓް ކެފޭއަކާއި ވެޓް ކްލިނިކެއްގެ އިތުރުން ކެޓް ޝޮޕެއް ވެސް ހުޅުވާނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
މާލެ ސިޓީ ކައުންސިލުން ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. އެ ގޮތުން ފުރަތަމަ ފިޔަވަހީގައި ކެޓް ޝެލްޓަރ ހެދި ނަމަވެސް ކުރިއަށް އޮތްތަނުގައި ދޫނި ފަދަ ރާއްޖޭގައި އޮޅުކޮށްގެން ގެންގުޅޭ ދިރޭތަކެތި ބެލެހެއްޓޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ. އެ މަޝްރޫއަށް ޖުމްލަ 18،000 އަކަފޫޓުގެ ބިމެއް ކުރިއަށް އޮތްތަނުގައި ހަމަޖެހިގެންދާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ވިދާޅުވިއެވެ
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
