
ކޭޝްކާޑުން ބަސް ދަތުރަށް ފައިސާ ދެއްކުމުގެ ނިޒާމު ޓެސްޓު ކުރަނީ
ކޭޝްކާޑުން ބަސް ދަތުރަށް ފައިސާ ދެއްކުމުގެ ނިޒާމު ޓެސްޓު ކުރަނީ
ލިޔުން:
ކޭޝް ކާޑު ބޭނުން ކޮށްގެން މާލެ ތެރޭގައި ބަސްދަތުރު ކުރުމުގެ ޓެސްޓު ދަތުރުތަކެއް މާދަމާއިން ފެށިގެން ކުރިއަށް ގެންދިއުމަށް އެމްޓީސީސީ އިން ނިންމައިފި އެވެ.
އާ އަހަރުގެ ފުރަތަމަ ދެދުވަހު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ޓެސްޓް ދަތުރުތަކާއި ގުޅިގެން އެ ކުންފުނިން ބުނީ، އެ ހިދުމަތް ޓެސްޓް ކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން ދަތުރުގެ ޓިކެޓް ގަތުމަށް ބޭނުން ކުރެވޭނީ މާސްޓާ ކާޑާއި ވިސާ ކާޑު ކަމަށް އެމްޓީސީސީން ބުންޏެވެ.
https://twitter.com/MTCCPlc/status/1609022096407158785?s=20&t=n_EruzcruSHFpvJvSlWzjw
ކޭޝްކާޑު ބޭނުންކޮށްގެން ބަސްދަތުރުކުރުމަށް ތައްޔާރުވާއިރު، މިހާރު ބަސްތަކަށް ފައިސާ ދައްކަން ޖެހެނީ އާރްޓީއެލްގެ އެޕްލިކޭޝަން އަދި ވެބް ޕޯޓަލް މެދުވެރިކޮށެވެ. ދަތުރު ކާޑު ގެންގުޅޭ ފަރާތެއް ނަމަ، އެ ކާޑު ރީލޯޑު ކޮށްގެންނެވެ. އެ ކާޑު ނެތް ފަރާތްތަކުން ބަސް ޓާމިނަލްތަކަށް ގޮސް ޓިކެޓް ގަނެގެންނެވެ.
ހުޅުމާލެއާއި މާލެގައި ދެމުންދާ ބަހުގެ ހިދުމަތް އެމްޓީސީއިން ދެމުން ދާއިރު ދާދި ފަހުން އެކުންފުނިން ވަނީ މާލެ ތެރޭގެ ދަތުރުތައް ފަށާފައެވެ. އަދި މީގެ އިތުރުން މާލެއަށް ހާއްސަކޮށްގެން 6 އިލެކްޓްރިކް ބަސް ވަނީ ގެނެސްފައެެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
