
ކާރެއް ދަށުވެ މީހަކު މަރުވި މައްސަލާގައި، ކާރުގެ ޑްރައިވަރަށް ދައުވާކޮށްފި
ކާރެއް ދަށުވެ މީހަކު މަރުވި މައްސަލާގައި، ކާރުގެ ޑްރައިވަރަށް ދައުވާކޮށްފި
ލިޔުން:
ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ކާރު ދަށުވެ، މީހަކު މަރުވި މައްސަލާގައި ކާރު ދުއްވި ޑްރައިވަރުގެ މައްޗަށް ދައުލަތުން ދައުވާކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ބުނީ، އެ މައްސަލައަކީ މިދިޔަ އޭޕްރިލް މަހުގެ 14 ވަނަ ދުވަހުގެ ރޭ 23:18އެހާކަން ހާއިރު ހުޅުމާލޭ އުރީދޫ ބިލްޑިންގް ކައިރީ ހިނގި އެކްސިޑެންޓެއްގެ މައްސަލަ ކަމަށެވެ.
ހުޅުމާލޭ އުރީދޫ ބިލްޑިންގް ކައިރި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި، ސައިކަލްގައި ތިބީ ބަންގްލަދޭޝް ދެ މީހުންނެވެ. އެއީ، ޝެއިހް ޝުވައިބް އާއި މަސްއޫދު ރަނާ އެވެ. މި ދެމީހުންނަށް ވެސް ވަނީ ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އޭގެ ތެރެއިން މަރުވީ ސައިކަލު ދުއްވަން އިން މަސްއޫދެވެ.
މި މައްސަލައިގައި ޕީޖީން ދައުވާކުރަން ފޮނުވީ ކ. ކާށިދޫ، ކެތި، މައުސޫމް ހަލީމްގެ މައްޗަށެވެ. މައުސޫމް ހަލީމްގެ މައްޗަށް ޖުމްލަ 3 ދައުވާއެއް ކުރަން ޕީޖީން ވަނީ ފޮނުވާފަ އެވެ.
އެގޮތުން އޭނާގެ މައްޗަށް އުފުލާފައިވާ ތިން ދައުވާ އަކީ، މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގެ ދައުވާ އާއި މުދަލަށް ގެއްލުން ދިނުމުގެ ދައުވާއެވެ.
ޕީޖީ އިން ބުނި ގޮތުގައި އޭނާގެ މައްޗަށް ފަރުވާ ކުޑަ އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ދައުވާކުރީ، ކާރު ސިގްނަލް ނުދީ ގޯޅި އެޅި ވަގުތު، ކާރު އޯވަޓޭކު ކުރަން އުޅުނު ސައިކަލެއްގަައި ޖެހި އެކްސިޑެންޓުވުމުން ކާރުގެ ދަށުގައި ތާށިވި މަސްއޫދުގެ ގައިމަތިން ކާރު ދުއްވުމުން ލިބުނު އަނިޔާތަކުގެ ސަބަބުން އޭނާ މަރުވެފައިވާތީ ކަމަށެވެ. އަދި މުދަލަށް ގެއްލުން ދިނުމުގެ ދައުވާކުރީ އެ އެކްސިޑެންޓްގައި ކާރު ކޮންޓްރޯލް ނުކުރެވި، އެ ސަރަހައްދުގައި ޕާކު ކޮށްފައި އޮތް އެހެން ކާރެއްގައި ޖެހުމުގެ ސަބަބުން އެ ކާރަށް ވެސް ގެއްލުން ވެފައިވާތީ ކަމަށެވެ.
މާލެ ސަރަޙައްދުގައި މި ފަހަކަށް އައިސް އާދަޔާ ހިލާފަށް ބޮޑެތި އެކްސިޑެންޓުތައް ވަނީ ހިނގާފައެވެ. އެގޮތުން ހުޅުމާލެ ސެންޓްރަލް ޕާކް ސަރަޙައްދުގައި ހިނގި އެކްސިޑެންޓައި އަނިޔާވި 23 އަހަރުގެ ޒުވާނެއްވެސް ވަނީ މަރުވެފައެވެ.
އެގޮތުން މާލެ ސަރަހައްދުގައި، އެކްސިޑެންޓްތައް އިތުރުވަމުންދާ މައްސަލާގައި ފުލުހުން ވަނީ ފިޔަވަޅުތަކެއް އަޅަން ފަށައިފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
