މާލެ: 31°C
ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކޮރަޕްޝަންގެ އަމަލުތައް ނުހިންގުމަށް އިލްތިމާސްކޮށްފި

ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކޮރަޕްޝަންގެ އަމަލުތައް ނުހިންގުމަށް އިލްތިމާސްކޮށްފި

February 28, 2024
3 ފަހަރު ބަލާފައި
ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކޮރަޕްޝަންގެ އަމަލުތައް ނުހިންގުމަށް އިލްތިމާސްކޮށްފި
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވާދަކުރައްވައި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ މަގުސަދުގައި ކޮރަޕްޝަންގެ އަމަލުތައް ނުހިންގުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިލްތިމާސްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭގޮތުން އޭސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ މީހުން ކޮރަޕްޝަންގެ އަމަލުތައް ހިމެނޭ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ. އެގޮތުން ވަކިގޮތަކަށް އިންތިހާބީ ހައްޤެއް ބޭނުންކުރީތީ އެއްވެސް އެއްޗެއް ހަދިޔާއެއްގެ ގޮތުން ނުވަތަ އެނޫން ގޮތަކަށްވިޔަސް ނުދިނުމަށް ނުވަތަ ދޭން ހުށަނޭޅުމަށް އަދި ދޭން ވައުދު ނުވުމަށް އެދިފައިވެއެވެ. އަދި ވަކިފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު ފައިދާއަށް، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް، އެއްވެސް ފައިސާއެއް ނުވަތަ މަންފާއެއް ނުވަތަ އެނޫންވެސް އެއްޗެއް ނުދިނުމަށް ނުވަތަ އެއްވެސް ބާވަތެއްގެ ހިދުމަތެއް ފޯރުކޮށްނުދިނުމަށް ނުވަތަ އެއިންކަމެއް ކޮށްދޭނެކަމަށް ނުބުނުމަށް ވެސް އޭސީސީން ވަނީ އެދިފައެވެ. އޭގެ އިތުރުން، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި، ގާނޫނުތަކާއި ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް ދައުލަތުގެ ވަސީލަތްތައް ބޭނުން ނުކުރުމަށް އޭސީސީން ވަނީ އެދިފައެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ފާހަގަކުރެވޭނަމަ އެ މައްސަލައެއް ކޮމިޝަނަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. އަދި އެފަދަ މައްސަލަތައް ކޮމިޝަންގެ ވެބްސައިޓުގައިވާ އިންތިހާބަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ވެސް އޭސިސީން މައުލޫމާތު ދީފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ