މާލެ: 31°C
ކެންސަރަށް ފަރުވާދޭ ފޭކް ބޭހެއް ރާއްޖެއާއި މެކްސިކޯއިން ފެނުމާގުޅިގެން ޑަބްލިއުއެޗްއޯ އިން އެލާޓް ނެރެފި

ކެންސަރަށް ފަރުވާދޭ ފޭކް ބޭހެއް ރާއްޖެއާއި މެކްސިކޯއިން ފެނުމާގުޅިގެން ޑަބްލިއުއެޗްއޯ އިން އެލާޓް ނެރެފި

6 ޖުލައި 2026
252 ފަހަރު ބަލާފައި
ރާއްޖެއާއި މެކްސިކޯއިން ކެންސަރުގެ ފޭކް ބޭހެއް ފެނުމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން އެލާޓް ނެރެފި އެވެ.

ރާއްޖެއާއި މެކްސިކޯއިން ކެންސަރުގެ ފޭކް ބޭހެއް ފެނުމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން އެލާޓް ނެރެފި އެވެ.

ޑަބްލިޔުއެޗްއޯ އިން ބުނެފައިވަނީ ރާއްޖެއާއި މެކްސިކޯ އިން ފެނިފައިވަނީ ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންކުރާ "ޑާޒަލެކްސް" ނަމަކަށް ކިޔާ ބޭހެއްގެ ފޭކް ބެޗްތަކެއް ކަމަށާއި، އެ ބޭސްތަކުގެ ސަބަބުން ބަލިމީހުންގެ ފުރާނައަށް ނުރައްކާވެ، ފަރުވާގެ ނިޒާމަށް ބޮޑެތި ބުރޫތަކެއް އަރާނެ ކަމަށެވެ. އަދި ފޭކް ބޭހަކީ ދުނިޔޭގެ އެންމެ ބޮޑު މައްސަލަ ކަމަށްވެސް ޑަބްލިޔުއެޗްއޯ އިން ބުނެފައި ވެއެވެ.

ޑަބްލިއުއެޗްއޯގެ ބަޔާނުގައި ބުނެފައިވަނީ އެ ގައުމުތަކުގެ ބައެއް ހޮސްޕިޓަލްތަކަށް އެ ބޭސް ލިބިފައިވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި އަދި އެކަމަކީ ބޭސް ފޯރުކޮށްދިނުމުގެ ބައިނަލްއަގްވާމީ ނިޒާމާ މެދު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.

އެ ބޭހުގެ އަސްލު އުފައްދާ ޖޭންސެން ކުންފުންޏާ ހަވާލާދީ ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ MYS7381 އަދި STV1K01 ނަމްބަރު ޖަހާފައިވާ އެ ބޭހުގެ ބެޗްތަކަކީ ސައްހަ ބެޗްތަކެއް ނޫންކަމަށާއި، އެ ބޭހަކީ އަކީ ކަށީގެ މަދުގެ ކެންސަރުގެ ބާވަތެއް ކަމަށްވާ "މަލްޓިޕަލް މައިލޯމާ" އާއި ލޭގެ ބައްޔެއް ކަމަށްވާ "އެމިލޮއިޑޯސިސް" އަށް ފަރުވާ ކުރުމަށް ބޭނުންކުރާ އެންޓިބޮޑީއެއް ކަމަށެވެ.

އެގޮތުން އެ ބޭހަކީ ކެންސަރު ބައްޔަށް ފަރުވާ ކުރުމުގައި މުހިންމު ބޭހަކަށްވާއިރު އެ ބޭހުގެ ފޭކު އުފައްދައި އެ ބޭސް ދައުރުވުމަކީ ބަލިމީހުންނަށް ދޭންޖެހޭ ފަރުވާ ކާމިޔާބު ނުވުމާއި އަދި ފުރާނައަށް ނުރައްކާވާ ފަދަ ކަންކަމާ ކުރިމަތިވެދާނެ ކަމެއްކަމަށްވެސް އެ ޖަމްއިއްޔާއިން ބުނެފައި ވެއެވެ.

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް
ހަބަރު

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު
ހަބަރު

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި
ހަބަރު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް
ހަބަރު

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް
ހަބަރު

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި
ހަބަރު

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ