މާލެ: 31°C

ކެންސަރު ދެނެގަތުމަށް ހަދާ ސްކޭން މެޝިން ގެންނަން އެސްޓީއޯއާ ހަވާލުކޮށްފި

ކެންސަރު ދެނެގަތުމަށް ހަދާ ސްކޭން މެޝިން ގެންނަން އެސްޓީއޯއާ ހަވާލުކޮށްފި
July 11, 2023
2 ފަހަރު ބަލާފައި
ކެންސަރު ދެނެގަތުމަށް ހަދާ ސްކޭން މެޝިން ގެންނަން އެސްޓީއޯއާ ހަވާލުކޮށްފި
ކެންސަރު ދެނެގަތުމަށް ހަދާ ސްކޭން މެޝިން ގެންނަން އެސްޓީއޯއާ އިއްޔެ ހަވާލުކޮށްފި އެވެ. ސަރުކާރުގެ މައި ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗްގައި، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ޕެޓް ސްކޭން މެޝިނެއް ހަރުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތުގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރާއި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމް އަދި އެސްޓީއޯ މެޑިކަލް ސާވިސަސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ނިއުޝާދެވެ. [embed]https://twitter.com/MoHmv/status/1678318290194808832?s=20[/embed] އެ މެޝިން ގެންނަން އެސްޓީއޯ ހަވާލުކޮށްފައިވަނީ، އެސްޓީއޯ އާއި ހެލްތު މިނިސްޓްރީ ދެމެދު ހަދާފައިވާ އެގްރިމެންޓުގެ ދަށުން، ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒަކާއި ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓް ގެންނަން ހަވާލުކޮށްފައިވަނީ އެ ކުންފުންޏަށް ކަމަށްވާތިއެވެ. ރާއްޖޭގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ނަމަވެސް އެ ހިދުމަތެއް އަދި ރާއްޖެއިން ލިބޭކަށް ނެތެވެ. އެގޮތުން ޕެޓް ސްކޭން ރާއްޖޭގައި ހެދެން އޮތުމުން އަވަސް ކަމާއިއެކު ހަށިގަނޑުގައި ކެންސަރު ހުރިތޯ އަދި އެ ފެތުރިފައިވާ މިންވަރު ދެނެގަނެވޭނެއެވެ. ހެލްތު މިނިސްޓްރީން ބުނީ ޕެޓް ސްކޭން ހެދުމަށް އާސަންދައިން ކޮންމެ އަހަރަކު ގާތްގަނޑަކަށް 1،000 އެއްހާ މީހުން ބޭރަށް ފޮނުވާ ކަމަށެވެ. އެހެންވެ، އެ ހިދުމަތް ރާއްޖޭގައި ފެށުމަކީ ގިނަ ބަޔަކަށް ލުއެއް ލިބޭނެ ކަމެއް ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. ޕެޓް ސްކޭނުން ކެންސަރުގެ އިތުރުން ހިތާއި ސިކުނޑީގެ ބައެއް ބަލިތައް ދެނެގަތުމަށް ވެސް ބޭނުން ހިފެއެވެ.    

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ