މާލެ: 31°C

ކެމްބޯޑިއާގެ ބޮޑުވަޒީރު ވަޑައިގަންނަވާތީ ހުޅުލޭގެ ބައެއް ސަރަހައްދުތައް ބަންދު ކުރަނީ

January 14, 2023
2 ފަހަރު ބަލާފައި
ކެމްބޯޑިއާގެ ބޮޑުވަޒީރު ވަޑައިގަންނަވާތީ ހުޅުލޭގެ ބައެއް ސަރަހައްދުތައް ބަންދު ކުރަނީ
ކެމްބޯޑިއާގެ ބޮޑުވަޒީރު ވަޑައިގަންނަވާތީ ހުޅުލޭގެ ބައެއް ސަރަހައްދުތައް ބަންދު ކުރަނީ
ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަދައިގަންނަވާތީ ހުޅުލޭގެ ބައެއް ސަރަހައްދުތައް ބަންދު ކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓުން ނިންމައިފި އެވެ. ރައީސް ސޯލިހުގެ ދައުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ވަޑައިގަންނަވާނީ މާދަމާ ހެނދުނުގެ ވަގުތެއްގަ އެވެ. އެމްއޭސީއެލް އިން މިއަދު ބުނީ އެ ދަތުރުފުޅާ ގުޅިގެން ހުޅުލޭގެ ފަޅާއި މަގުން ބައެއް މާދަމާ ބަންދުކުރާނެ ކަމަށެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރުގެ ތިން ދުވަހުގެ ދަތުރުފުޅާ ގުޅިގެން މާދަމާ ހެނދުނު 9:00 އިން 11:00 އަށް ހުޅުލޭ ފަޅާއި މަގުން ބައެއް ބަންދު ކުރާނެ އެވެ. އަދި 17 ޖެނުއަރީގެ ހެނދުނު 7:30 އިން ފެށިގެން 8:30 އާ ހަމައަށް އެ ސަރަހައްދުގެ މަގުތައް ވެސް ބަންދު ކުރާނެ އެވެ. ބަންދު ކުރާނީ ހުޅުލޭ ކާގޯ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮންނަ މަގެވެ. ކެމްބޯޑިއާގެ ބޮޑުޒަރީރުގެ ދަތުރުފުޅުގައި ރާއްޖެއާ އެގައުމާ ދެމެދު ރަސްމީ ވާހަކަތަކެއް ބާއްވާނެ އެވެ. ދެ ގައުމުގެ ދޭތެރޭގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރަން އެ ވާހަކަތަކުގައި މަޝްވަރާ ކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. "މި ދަތުރުފުޅުގެ ހަވާސާގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ މުއާމަލާތްތައް ހަރުދަނާކުރުމަށާއި ވިޔަފާރީގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހި ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބާއްވާ ބިޒްނަސް ފޯރަމްގައި ދެ ގައުމުގެ ޗެމްބާ އޮފް ކޮމާސް އިން ބައިވެރިވުމަށް ވެސް ވަނީ ހަމަޖެހިފަ،" ރައީސް އޮފީހުން ބުނެފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ