
ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ވަޑައިގަންނަވައިފި
ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ވަޑައިގަންނަވައިފި
ލިޔުން:
ކެމްބޯޑިއާގެ ބޯޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން މިއަދު ހެނދުނު ރާއްޖެއަށް ވަޑައިގަންނަވައިފިއެވެ.
ރައީސް އިބަރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ކެމްބޯޑިއާގެ ބޯޑުވަޒީރު މިއަދު ހެނދުނު ރާއްޖެއަށް ވަޑައިގެންނެވުމުން ވެލާނާ އިންޓަނެޝެނަލް އެއާޕޯޓުން އެމަނިކުރާނަށް މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓާރ އަބުދުﷲ ޝާހިދެވެ. މިއީ ކެމްބޯޑިއާގެ އިސްވެރިއަކު ރަސްމީ ހައިސިއްޔަތުން ރާއްޖެއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި އަންނަ އަންގާރަ ދުވަހާ ހަމައަށް ރާއްޖޭގައި ހުންނަވާނެ އެވެ. އެމަނިކުފާނުގެ ދަތުރުފުޅުގައި ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވަން ވަނީ ހަމަޖެހިފައެވެ. އަދި ދެގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާތައް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ގުޅިފައިވާ ބަޔާނެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖެއާއި ކެމްބޯޑިއާ އާއެކު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ، 21 ސެޕްޓެމްބަރު 1995 ގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
