މާލެ: 31°C

ކެލިފޯނިއާގެ އަލިފާނުގެ ޒިންމާ ނަގަންޖެހޭނީ "ޑެލްޓާ ސްމެލްޓް" ކިޔާ މަހެއް ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

January 24, 2025
19110 ފަހަރު ބަލާފައި
ކެލިފޯނިއާގެ އަލިފާނުގެ ޒިންމާ ނަގަންޖެހޭނީ "ޑެލްޓާ ސްމެލްޓް" ކިޔާ މަހެއް ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ
ށށސސސސކެލިފޯނިއާގައި ހިނގަމުންދާ އަލިފާނުގެ ހާދިސާގެ ޒިންމާ، ނުރައްކަލަށް ހުށަހެޅިފައިވާ "ޑެލްޓާ ސްމެލްޓް" ކިޔަ މަހެއްގެ ބޮލުގައި ރައީސް ޑޮނާލްޑް ޓްރަމްޕް އަޅުވައިފިއެވެ.

ކެލިފޯނިއާގައި ހިނގަމުންދާ އަލިފާނުގެ ހާދިސާގެ ޒިންމާ، ނުރައްކަލަށް ހުށަހެޅިފައިވާ "ޑެލްޓާ ސްމެލްޓް" ކިޔަ މަހެއްގެ ބޮލުގައި ރައީސް ޑޮނާލްޑް ޓްރަމްޕް އަޅުވައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޑެލްޓާ ސްމެލްޓް މަހަކީ ބޭކާރު މަހެއްގެ ގޮތުގައި ސިފަކުރައްވައި، ސޯޝަލް މީޑިއާއާއި، ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދި ވައިޓް ހައުސް އިން ނެރެފައިވާ އޯޑަރ އެއްގައިވެސް ވިދާޅުވެ އެމަސް ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތްތައް ކުށްވެރި ކުރައްވައިފަ އެވެ.

ޓްރަމްޕް ވަނީ ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސޯމް އާއި އެ ސްޓޭޓްގެ ތިމާވެށީގެ ސިޔާސަތުތަކުގެ ސަބަބުން ލޮސް އެންޖެލިސްގައި އަލިފާން ރޯވެ، ފެނުގެ ދަތިކަން ކުރިމަތިވި ކަމަށް ތުހުމަތު ކުރައްވާފައެވެ.  އެގޮތުން ޓްރަމްޕް ވަނީ ކެލިފޯނިއާގެ ގަވަރުނަރ ނިއުސޯމް، ވޯޓާ ރިސްޓޯރޭޝަން ޑެކްލަރޭޝަންގައި ސޮއިކުރަން ދެކޮޅު ހެދުމުގެ ސަބަބުން، އުތުރުން ވާރޭ ވެހުމާއި ސްނޯ ގިރުމުގެ ސަބަބުން ކެލިފޯނިއާގައި މިހާރު އަނދަމުން ދާ ހިސާބުތައް ހިމެނޭ ގޮތަށް އެކި ހިސާބުތަކަށް ދުވާލެއްގެ މައްޗަށް އެތައް މިލިއަން ގެލަން ފެން ވަނުމަށް ހުރަސް އެޅިފައިވާ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ ގަވަރނަރ ބޭނުންވީ ކެލިފޯނިއާގެ ރައްޔިތުންނާ މެދު ފަރުވާލެއް ނުބަހައްޓައި، ފެންގަނޑު ފެތުރުނަނުދީ ސްމެލްޓް ނަމަކަށް ކިޔާ ބޭކާރު މަހެއް ހިމާޔަތް ކުރަން ކަމަށާއި، އެއްމެ ފަހުން އެކަމުގެ އަގު ދައްކަން މިޖެހުނީ ކެލިފޯނިއާގެ ރައްޔިތުން ކަމަށެވެ.

އޭނާ ބޭނުންވީ ސްމެލްޓް ނަމަކަށް ކިޔާ ބޭކާރު މަހެއް ހިމާޔަތް ކުރަން، އެކަމަކު ކެލިފޯނިއާގެ ރައްޔިތުންނާ މެދު ފަރުވާލެއް ނުބަހައްޓާ. މިހާރު އެންމެ ފަހުގެ އަގެއް މި ދައްކަންޖެހުނީ ކެލިފޯނިއާ ރައްޔިތުން" މަސް ހިމާޔަތް ކުރުމުގެ މަސައްކަތަށް މަލާމާތް ކުރައްވަމުން ޓްރަމްޕް ވިދާޅުވި އެވެ.

އެއަށްފަހު ޓްރަމްޕްގެ ފުރަތަމަ ދުވަހުގެ އެގްޒެކެޓިވް އޯޑަރ ކަމަށްވާ "ޕުޓިން ޕީޕަލް އޯވާ ފިޝް: ސްޓޮޕިން ރެޑިކަލް އެންވަޔަރަމެންޓަލިޒަމް ޓު ޕްރޮވައިޑް ވޯޓާ ޓު ސަދަން ކެލިފޯނިއާ" ގެ ނަމުގައި ނެރުނު އެގްޒެކެޓިވް އޯޑަރގައި ވެސް އެ ތުހުމަތު ތަކުރާރުކުރައްވާފައިވެއެވެ.

އޭއެފްޕީން ބުނި ގޮތުގައި ލޮސް އެންޖެލިސްގެ ފެނުގެ ބޮޑު ބައެއް ހިއްސާކުރަނީ ކޮލޮރާޑޯ ކޯރުން ކަމަށާއި، އެ ފެނުގެ އެންމެ ބޮޑު ބައެއް ބޭނުންކުރަނީ ދަނޑުވެރިކަމަށް ކަމަށާއި، ޑެލްޓާ ސްމެލްޓަކީ އެ ސިޓީގެ ފެނުގެ ސަޕްލައިއާ ވަރަށް ކުޑަ ގުޅުމެއް އޮންނަ މަހެއް ކަމަށެވެ. އަދި ތަޖުރިބާކާރުން ބުނަނީ ނުރައްކަލަށް ހުށަހެޅިފައިވާ ބާވަތެއްގެ މަހެއް ކުށްވެރިކުރަން ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅުވުމަކީ ތިމާވެށީގެ ސިޔާސަތުތަކަށް ޓްރަމްޕް ބޯލަނބަން ބޭނުން ނުވާކަން ދައްކުވައިދޭ ކަމެއްކަމުގައެވެ.

އޭއެފްޕީއާ ވާހަކަ ދައްކަމުން ސެންޓާ ފޯ ބަޔޮލޮޖިކަލް ޑައިވާސިޓީގެ ޖެނެރަލް ކައުންސެލް ޖޯން ބުސޭ ވިދާޅުވެފައިވަނީ ޓްރަމްޕް ކުޅެމުންދާ ބްލޭމް ގޭމަކީ "ކްލެސިކް އޮކްޓޯރިއަލް ފިޔަވަޅެއް" ކަމަށާއި މިއީ ޓްރަމްޕް 2.0 ގެ ވެރިކަމުގައި ފެންނާނެ ކަންކަމުގެ ހަގީގަތް ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ