ކެފޭތަކުން ކެއުމަށް ފަހު ފައިސާ ނުދައްކާ އުޅޭ މީހަކު ހައްޔަރުކޮށްފި އެވެ.
މިކަން ހާމަވެފައި ވަނީ، ކްރިމިނަލް ކޯޓުން އިއްޔެ އާއްމުކުރި ކޯޓު އަމުރުންނެވެ.
އެ ކޯޓު އަމުރުގައިވާ ގޮތުން ކެފޭއަކުން ހޯދި ހިދުމަތަށް ފައިސާ ނުދައްކާތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އދ. މާމިގިލި އަށް ނިސްބަތްވާ 23 އަހަރުގެ މީހެކެވެ.
ކޯޓު ގައި އެ މީހާ ބުނީ އެ ކެފޭއިން ކެއުމަށް ފަހު ނެގި ތަކެއްޗަށް ފައިސާ ދައްކަން ބޭބެއަށް ގުޅިކަމަށެވެ. ބޭބެގެ ފޯނު އޮތީ ނިވިފައި ކަމަށާއި އެކަމަކު ފައިސާ ޓްރާންސްފާކުރި ކަމަށެވެ.
ފައިސާ ދައްކާފައި ނުވާކަމަށް އައިއޯ ފާހަގަކުރި. އަދި އާއިލާގެ ފަރާތުން މީނާ މިފަދަ އަމަލުތައް ތަކުރާރުކޮށް ކުރަމުންދާކަމަށް ހިއްސާކޮށްފައިވާ ކަމަށް އައިއޯ ފާހަގަކުރި“ ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
އެ މީހާގެ ބަންދަށް ކުރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖަހާފަ އެވެ.







