މާލެ: 31°C

ކެފޭއެއްގައި ހިންގި މާރާމާރީއެއްގައި ބިދޭސީއަކު ޒަހަމްވެއްޖެ

February 4, 2025
306 ފަހަރު ބަލާފައި
ކެފޭއެއްގައި ހިންގި މާރާމާރީއެއްގައި ބިދޭސީއަކު ޒަހަމްވެއްޖެ
މާލޭ ކެފޭއެއް ތެރޭ ބިދޭސީންތަކެއްގެ މެދުގައި މިއަދު މަރާމާރީއެއް ހިންގައި، އެކަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ އެވެ.

މާލޭ ކެފޭއެއް ތެރޭ ބިދޭސީންތަކެއްގެ މެދުގައި މިއަދު މަރާމާރީއެއް ހިންގައި، އެކަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި މި މާރާމާރީ ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 12:10 ހާއިރު އެވެ. މި މާރާމާރީގައި ބައިވެރިވި ފަރާތްތަކަކީ ކޮން ގައުމެއްގެ ބައެއްކަން އަދި ވަނީ ކަށަވަރު ނުކުރެވި އެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުގައި، މާރާމާރީގައި އަނިޔާ ލިބުނު ފަރާތުގެ ހަށިގަނޑުގެ އެކި ތަންތަނުން ލޭއައިސްފައިވެ އެވެ. އޭނާ ލައިގެން ހުރި ޓީޝާޓާއި އަތުގައި އަދި ތަޅުމުގައިވެސް ލޭ ހުރި މަންޒަރު ވީޑިއޯއިން ފެންނަން ހުއްޓެވެ.

އަނިޔާ ލިބުނު ފަރާތަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލު މި ވަގުތު ލިބިފައެއް ނުވެއެވެ. އަދި މި މައްސަލައިގައި އެއްވެސް ފަރާތެއް ހައްޔަރުކުރިކަން ނުވަތަ ނޫންކަން ވެސް އަދި ސާފެއް ނުވެއެވެ.

މާލޭގައި ބިދޭސީންގެ މެދުގައި ހިނގާ މާރާމާރީގެ މައްސަލަތައް އިތުރުވަމުން އަންނަކަމަށް ފާހަގަކުރެވޭއިރު، މި މައްސަލަ ބަލައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ