މާލެ: 31°C

ސުޕްރިމް ކޯޓުގެ ނިންމުމާ ގުޅިގެން ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ނުބާއްވާ ކަމަށް ސަރުކާރުން ބުނެފި

February 18, 2025
78 ފަހަރު ބަލާފައި
ސުޕްރިމް ކޯޓުގެ ނިންމުމާ ގުޅިގެން ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ނުބާއްވާ ކަމަށް ސަރުކާރުން ބުނެފި
ރައްޔިތުންގެ މަޖިލީހުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށް އެ ކޯޓުން މިއަދު ކަނޑައެޅުމާ ގުޅިގެން ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ނުބާއްވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން "ކުއްލި" ކެބިނެޓު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ބުނެ ރާއްޖޭގެ އޮންލައިން ނޫހެއްގައި ޝާއިއު ކޮށްފައިވާ ޚަބަރެއް ދޮގު ކުރައްވަމުންނެވެ. 

އެ ޚަބަރުގައި ހަގީގަތެއް ނެތްކަން ހާމަކުރަށްވަމުން ހީނާ ވިދާޅުވީ އެމައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށެވެ.

"މިފަދަ ދޮގު މައުލޫމާތެއް ރައްޔިތުންނަށް އޮޅޭގޮތަށް ގެނެސްދިނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާނެ ވާހަކަ ދަންނަވަން." ހީނާ ވިދާޅުވިއެވެ.

"ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު ކުއްލި ކެބިނެޓް ބައްދަލުވުމެއް" މި ސުރުޚީގެ ދަށުން އަދަދު ނޫހުން ގެނެސްދީފައިވާ ޚަބަރަކީ ކަނޑައެޅިގެން ދޮގެއް.
އެއްވެސް ސައްހަ ކަމެއް ނެތް މިފަދަ ދޮގު މައުލޫމާތެއް، ރައްޔިތުންނަށް އޮޅޭ ގޮތަށް ގެނެސްދިނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން. މިކަމާ…

ހީނާ މިހެން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން މިދިޔަ އަހަރު ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް އެކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައިވެއެވެ.

އެ މައްސަލާގައި ސުޕްރީމްކޯޓުގެ 7 ފަނޑިޔާރުން މިއަދު ނިންމެވީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށާއި، މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށްބުނެ ދައުލަތުން ކޮށްފައިވާ އިއުތިރާޒާ މެދު ގޮތެއް ނިންމަވާނީ މުޅި މައްސަލައިގެ ނިންމުމުގައި ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ