".. ރައްޔިތުންގެ ތަނަވަސް އަގުލަބިއްޔަތުން އިންތިހާބުކުރި ރައީސަކުު ފޮނުވި ކެބިނެޓަށް ރުހުން ދިނުމަށް ކޮމިޓީން ނިންމާފައި ވާއިރު، އެއީ ކެބިނެޓަށް ރުހުން ދޭން ޖެހޭ ސަބަބެއް. މިހާތަނަށް އައި ހުރިހާ ސަރުކާރެއްގައި ވެސް ފުރަތަމަ ކެބިނެޓަށް ރުހުން ދީފައިވޭ. ވަޒީރަކު ވަކި ކުރަނީ ފަހުން މައްސަލައެއް ކުރިމަތިވެއްޖެ ނަމަ، އެ މައްސަލައެއް ބެލުމަށް ފަހު. ކެބިނެޓަށް ރުހުން ނުދިނުމަކީ ގައުމު އިނދަޖައްސާލުން ފަދަ ކަމެއް. ރައްޔިތުން އާ ސަރުކާރެއް އިންތިހާބު ކުރީ ކުރިން ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް އިތުބާރު ނެތުމުން. " ގާސިމް ވިދާޅުވިއެވެ.ގާސިމްގެ އިތުރުރުން ގިނަމެމްބަރުން ކެބިނެޓަށް ރުހުން ދޭން، ބަހުސްކުރައްވަމުން ގެންދަވާ އިރު، ދަ ޑިމޮކްރެތްސް އިން ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ތްރީލައިން ވިޕެއް ނެރެފައެވެ. މަޖިލީހުގެ ކޮމިޓީން ނިންމާފައި ވަނީ ހުރިހާ ވަޒީރުންނަށް ވެސް ރުހުން ދިނުމަށެވެ. ނަމަވެސް، ތަޅުމުގައި ވޯޓު ނަގަން ހުށަހަޅާފައި ވަނީ ކޮންމެ މިނިސްޓަރަކަށް ވަކިވަކިންނެވެ. އަދި ކޮމިޓީން ރިޕޯޓު އިއްވުމުން 30 މިނިޓްވަންދެން މެމްބަރުންނަށް ވަނީ ބަހުސްކުރުމުގެ ފުރުސަތު ދީފައެވެ.

ކެބިނެޓަށް ރުހުން ނުދިނުމަކީ ގައުމު އިނދަޖައްސާލުން ފަދަ ކަމެއް: ގާސިމް
ކެބިނެޓަށް ރުހުން ނުދިނުމަކީ ގައުމު އިނދަޖައްސާލުން ފަދަ ކަމެއް: ގާސިމް
ލިޔުން:
ކެބިނެޓަށް ރުހުން ނުދިނުމަކީ ގައުމު އިނދަޖައްސާލުން ފަދަ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ވަޒީރުންނަށް ރުހުން ދިނުމަށް ދައުރުން ބޭރުން މިއަދު ބާއްވަމުންދާ ޖަލްސާގެ ބަހުސްގައި ގާސިމް ވިދާޅުވީ، މިހާތަނަށް ހުރިހާ ސަރުކާރެއްގައި ވެސް ފުރަތަމަ ކެބިނެޓަށް ރުހުންދީފައިވާ ކަަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
