މާލެ: 31°C
ބައި-އިލެކްޝަންގައި މިހާތަނަށް %25.94 މީހުން ވޯޓުލައިފި

ބައި-އިލެކްޝަންގައި މިހާތަނަށް %25.94 މީހުން ވޯޓުލައިފި

May 4, 2024
2 ފަހަރު ބަލާފައި
ބައި-އިލެކްޝަންގައި މިހާތަނަށް %25.94 މީހުން ވޯޓުލައިފި
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާ ގުޅޭ ބައި އިލެކްޝަންގައި މިހާތަނަށް 25.94 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އީސީން "އެކްސް" ގައި އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުން މިއަދުގެ 12 ޖެހުމާ ހަމަޔަށް 1366 މީހުން ވަނީ ވޯޓު ލާފައެވެ. އޭގެ ތެރޭގައި، 728 ފިރިހެނުންނާއި 638 އަންހެނުން ހިމެނެއެވެ. އަދި މިހާހިސާބަށް އާއިރު، އަދިވެސް ވޯޓު ނުލައި 3901 މީހުން އެބަތިއްބެވެ. އެއީ %74.06 އިންސައްތަ މީހުންނެވެ. https://twitter.com/ElectionsMv/status/1786665162235404326 މިއަދު ކުރިއަށްދަނީ މ. މަޑުއްވަރީ ކައުންސިލްގެ ރައީސް، ހއ. އުތީމު، ނ. ލަންދޫ، ނ. ވެލިދޫ ކައުންސިލްގެ މެންބަރު އަދި ހއ. ތަކަންދޫ، ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގެ ވޯޓުލުމެވެ. މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 08:00 އިން ހަވީރު 04:00 އަށެވެ. އީސީން ބުނި ގޮތުގައި މި ބައި-އިލެކްޝަންތަކުގައި ވޯޓުލުމަށް 11 ފޮށި ވަނީ ބަހައްޓާފައެވެ. އެގޮތުން މާލޭގައި ވޯޓުލުމަށް 3 ފޮށި ބަހައްޓާފައިވާއިރު، މި ފޮށިތައް ހުންނާނީ ދަރުބާރުގޭގައެވެ. އަދި އަތޮޅުތަކުގައި 9 ފޮށި ބަހައްޓާފައިވާއިރު، ވެލިދޫގައި 3 ފޮށި، ބާކީ އޮތް 5 ރަށުގައި ފޮއްޓެއް ބަހައްޓާފައިވެއެވެ. މި ބައި އިލެކްޝަންތަކުގައި 5،267 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ