
ބަސް ޑްރައިަވރުން ނެގުމުގެ އިންޓަވިއު މިއަދު ހަވީރު، މުސާރަ ރަނގަޅު
ބަސް ޑްރައިަވރުން ނެގުމުގެ އިންޓަވިއު މިއަދު ހަވީރު، މުސާރަ ރަނގަޅު
ލިޔުން:
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އަށް ބަސް ޑްރައިވަރުން ހޯދަން މިއަދު ވޯކް-އިން އިންޓަވިއު އެއް ބާއްވާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.
އެމްޓީސީސީން ބުނީ ބަސް ޑްރައިވަރުން ހޯދަން ބާއްވާ ވޯކްއިން އިންޓަވިއުތައް ކުރިއަށްދާނީ މިއަދު ހަވީރު 4:00އިން 6:00 އަށް މޭލާގައި ހުންނަ ހުޅުމާލެ ފެރީޓާމިނަލް ގައި ކަމަށެވެ. އެމްޓީސީން ކުރި އިއުލާނުގައި ވާގޮތުން ބަސްޑްރައިވަރަކަށް 12،000 ރުފިޔާއާއި 18،000 ރުފިޔާގެ ދެމެދުގެ މުސާރައެއް އެކުންފުނިން ދޭނެ އެވެ އަދި މުސާރައިގެ އިތުރުން މެޑިކަލް އިންޝުއަރެންސް، ކެރިއާ ޑިވެލޮޕްމެންޓްގެ އިތުރުން ޓްރެއިނިންގ ދޭނެކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.
[embed]https://twitter.com/MTCCPlc/status/1615011746212904960?s=20&t=octjy3RCNB3u45alybyBqw[/embed]
އިންޓަވިއަށް ދާފަރާތްތަކުން ގެންދަން ޖެހޭނީ އައިޑީ ކާޑު އަދި ބީ2 ލައިސަންސް އެވެ.
އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ބަސް ހިދުމަތް މާލެއާއި ހުޅުމާލޭގެ އިތުރުން އައްޑުއާއި ފުވައްމުލަކާއި ލ. އަތޮޅުގައި ވެސް އަންނަނީ ދެމުންނެވެ. ބަހުގެ ހިދުމަތް ފަސޭހަކުރުމަށް ޓަކައި ކޭޝްކާޑު ބޭނުން ކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމު ވެސް އެމްޓީސީސީން މިހާރު ވަނީ ހަމަޖައްސާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
