
ބަސް ޗާޖުކުރާ ސްޓޭޝަން ގާއިމްކޮށްފި
ބަސް ޗާޖުކުރާ ސްޓޭޝަން ގާއިމްކޮށްފި
ލިޔުން:
މާލޭ ސަރަހައްުގައި އިލެކްޓްރިކް ވެހިކަލް (އީވީ) ބަސްތަކުގެ ޗާޖިން ސްޓޭޝަން ގާއިމްކޮށްފިއެވެ.
މިޗާޖިން ސްޓޭޝަންތައް ހެދީ ޖަޕާން ސަރުކާރުގެ އެހީތެރިކަމާއެކުގައެވެ.
މާލޭގައި ހުންނަ ހުޅުމާލެ ޓާމިނަލްގައި ގާއިމްކުރެއްވި ޗާޖިން ސްޓޭޝަން ރަސްމީކޮށް ހުޅުވައިދެއްވީ, މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާއާއި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކިއުޗީ މިޑޯރީއާއި، ޔޫއެންީޕީގެ ރާއްޖޭގެ ރެޕްރެޒެންޓޭޓިވް އެންރިކޯ ގަވެގްލިއާގެ އިތުރުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.
[embed]https://twitter.com/MoTCAmv/status/1664256717239246848[/embed]
އެ ރަސްމިއްޔާތުގައި މިނިސްޓަރު ނަހުލާ ވިދާޅުވީ، މިއީ ދިވެހިރާއްޖެ ނެޓް ޒީރޯ ގައުމަކަށް ހެދުމަށް ސަރުކާރުން ހިފާފައިވާ އަމާޒު ހާސިލުކުރުމުގައި ކާމިޔާބުވި މުހިންމު ލަނޑުދަނޑިއެއްކަމަށެވެ.
"ދަތުރުފަތުރުގެ ދާއިރާއަކީ ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނިވި ދާއިރާއަކަށް ހެދުން މުހިންމު. މިލަނޑުދަނޑިއަށް މަސައްކަތްކުރެވޭނީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުމާއެކު. އެހެންކަމުން މިއަދު މި ކުރެވުނު މަސައްކަތަކީ އޭގެ މުހިންމު އެއް މަސައްކަތް. އެކަމަށްޓަކައި މިކަމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން." މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
އެ ބޭފުޅުން ވަނީ މާލޭ ސަރަހައްދުގައި ޕަބްލިކް ޓްރާންސްޕޯޓްގައި ބޭނުންކުރާ އިލެކްޓްރިކް ވެހިކަލް (އީވީ) ބަސްތަކުގެ ޗާޖިން ސްޓޭޝަން ރަސްމީކޮށް ހުޅުވުމަށްފަހު، ތިމާވެއްޓާއި ރައްޓެހި ބަހުގައި މާލޭގައި ދަތުރުކުރައްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
