
ބުރުނީގެ ރަށް ގިރުމާއި ބަނދަރުގެ މައްސަލަ ވަރަށް އަވަހަށް ހައްލު ކޮށްދޭނަން: ރައީސް
ބުރުނީގެ ރަށް ގިރުމާއި ބަނދަރުގެ މައްސަލަ ވަރަށް އަވަހަށް ހައްލު ކޮށްދޭނަން: ރައީސް
ލިޔުން:
ތ. ބުރުނީގެ ރަށް ގިރުމުގެ މައްސަލަ ހައްލުކޮށްދެއްވާ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ވީހާވެސް އަވަހަށް ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ފުރަތަމަ ފަހަރަށް އަތޮޅުތެރެއަށް ފެއްޓެވި ދަތުރުފުޅުގައި ތ. ބުރުނީއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރަށް ގިރުމުގެ ސަބަބުން އެ ރަށަށް އިންތިހާއަށް ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށާއި އެކަމުގެ ސަބަބުން ރަށުގެ ފަތުރުވެރިކަމާއި ރަށުގެ ރައްޔިތުންނަށް ގެއްލުން ލިބުމަކީ އެދިވަޑައިގަންނަވާނެ ކަމަށެވެ.
އެގޮތުން، ކައުންސިލްތަކާއި ކުންފުނިތަކާއި އަމިއްލަ ފަރުދުން ބާރުވެރިކުރުމަކީ މި ސަރުކާރުން އިސްކަން ދެއްވާކަމެއް ކަމަށާއި ރަށުގެ ޓޫރިޒަމާއި ރައްޔިތުންގެ އާމްދަނީ ހޯދުމަށް ހުރަސް އެޅޭ ކަންކަމަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ މަސައްކަތް އަވަހަށް ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރަށްގިރުމުގެ މައްސަލައިގެ އިތުރުން، ބުރުނީގެ ރައްޔިތުން ދެން އެންމެ ބޭނުންވާ އެއް ކަމަކީ ރަށުގެ ބަނދަރު ބޮޑުކުރުމާއި މަރާމާތު ކުރުމުގެ މަސައްކަތެވެ. އެގޮތުން، ކުރީ ސަރުކާރުން އެރަށު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވީ ނަމަވެސް، އަމަލީ މަސައްކަތް މިހާތަނަށް ފެށިފައެއް ނުވެއެވެ.
"ޓޫރިޒަމަށާއި ރަށަށް ގެއްލުން ލިބުމަކީ އަޅުގަނޑުމެން ބޭނުންވާ ކަމެއް ނޫން. އަޅުގަނޑު ހުއްޓިފައި އޮތް އެ މަޝްރޫއު އަވަހަށް ފެށުމަށް. ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރެވި ރައްޔިތުން ބޭނުންވާ ގޮތަށް އެކަންތައްތައް ހައްލުވެގެންދާނެ. ދެން އޮތީ ބަނދަރުގެ ދަތިކަން، އެ މަޝްރޫއުވެސް މިދިޔަ ސަރުކާރުގައި ސޮއިކުރެވި، ނުފެށި ވަނީ. މިހެން ހުއްޓިފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ބަޖެޓްގައި ޖާގަ ނުހުރެދާނެ، އެހެންނަމަވެސް މިފަދަ މަޝްރޫއުތަކަށް އިސްކަން ދިނުމަކީ އަޅުގަނޑުމެންގެ ސިޔާސަތު." ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ބުރުނީގެ ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް އެމަނިކުފާނު ބޭނުންފުޅުވާ ކަމަށް ވިދާޅުވެ، އެކަމުގައި ކުރިއަށް ދިއުމަށް ސަރުކާރުގެ އެއްބާރުލުމާ އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.
އޭގެ އިތުރުން، ބުރުންޏަށް ބޭނުންވާ ކުޑަކުދިންގެ ޕާކާއި އެނޫންވެސް އަސާސީ ކަންކަން ފުރިހަމަކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް ބުރުނީގެ ރައްޔިތުންނަށް ރައީސް ވަނީ ދެއްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
