
ބުރުނީގައި ރުކަކުން ޖެހި މީހަކު މަރުވެއްޖެ، 2 މީހުންގެ ހާލު ސީރިއަސް!
ބުރުނީގައި ރުކަކުން ޖެހި މީހަކު މަރުވެއްޖެ، 2 މީހުންގެ ހާލު ސީރިއަސް!
ލިޔުން:
ތ. ބުރުނީގައި ރުކަކުން ޖެހި އެކަކު މަރުވެ އިތުރު ބަޔަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 16:30 އެހާކަންހާއިރުއެވެ. ފުލުހުން ބުނީ ހާދިސާ ހިނގާފައިވަނީ ހައިމާކުން ރުކެއް ވައްޓާލައި އެ ރުއް ހައިމާކުން ނަގާ އަނބުރާލި ގަޑީ ވިއްސައިގެން ގޮސް ކަމަށެވެ. އެމީހުންނަކީ އެމްޓީސީސީ މަސައްކަތު އެރަށަށް ގޮސް އުޅުނު ބިދޭސީ ބައެއް ކަމަށް މައުލޫމާތު ލިބެއެވެ.
މިހާދިސާ ހިނގުމާއި އެކީ އެމީހުންނަށް ފަރުވާ ދިނުމަށް ރަށު ސިއްހީ މަރުކަޒަށް ގެންދެވުނު ކަމަށާއި ނަމަވެސް އިތުރު ފަރުވާ ބޭނުންވާތީ ދ. ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަނިޔާވި 4 މީހުންގެ ތެރެއިން އެކަކު މަރުވެފައިވާއިރު އަނެއް 3 މީހުންނަށް ދަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. ފުލުހުން ބުނީ އޭގެތެރެއިން 2 މީހުންގެ ހާލު ސީރިއަސް ކަމަށެވެ.
މަރުވި މީހާގެ ހަށިގަނޑާއި އަނެއް 3 މީހުން އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
