
ބަންކަރިންގެ ޙިދުމަތާއެކު ޑޮލަރުގެ މައްސަލަ ހައްލުވެގެންދާނެ: ވަޖީހު
ބަންކަރިންގެ ޙިދުމަތާއެކު ޑޮލަރުގެ މައްސަލަ ހައްލުވެގެންދާނެ: ވަޖީހު
ލިޔުން:
ބަންކަރިންގެ ހިދުމަތާއިއެކު ޑޮލަރުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާޙީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް އަށް ދެއްވި އިންޓަވިއު އެއްގައި ބަންކަރިންގެ ޙިދުމަތާ ގުޅޭގޮތުން ވަޖީހު ވިދާޅުވީ ރާއްޖެ އޮތް ސަރަހައްދުގެ ސަބަބުން ބަންކަރިންގެ ހިދުމަތް ފުޅާކޮށް ކުރިއަށް ގެންދިއުމުގެ ޖާގަ ވަރަށް ބޮޑަށް އެބައޮތް ކަމަށާއި، މިހާރުވެސް ބައެއް ފަރާތްތަކުގެ ޑިމާންޑް ލިބެމުންދާ ކަމަށާއި އެހެންކަމުން ބަންކަރިންއަށް ރަނގަޅު މާކެޓެއް ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ވަޖީހު އިތުރަށް ވިދާޅުވިގޮތުގައި ރާއްޖެއިން ބަންކަރިންގެ ޙިދުމަތް ފޯރުކޮށްދޭނީ އަވަށްޓެރި ގައުމުތަކާއި އަޅާބަލާއިރު ވާދަވެރި ހެޔޮ އަގެއްގައި ކަމަށެވެ.
އެސްޓީއޯއިން ބަންކަރިންގެ ހިދުމަތް ދޭން ފެށުމާއެކު އެމްޕީއެލްއިން އިތުރު ހިދުމަތްތައް ދޭން ފަށާނެ ކަމަށާއި އެކަމަށް މިހާރުވެސް ތައްޔާރުވެފައިވާ އެމްޕީއެލް އޮޓި ތައްޔާރު ވެފައިކަމަށާއި، އެގޮތުން ފެނާއި، ކާބޯތަކެއްޗާއި، ބޯޓަށް ބޭނުންވާ އިތުރު ހިދުމަތްތައް ހިމެނޭކަމަށް ވަޖީހު ވިދާޅުވި އެވެ.
ބަންކަރިންގެ ހިދުމަތެއްގެ މުއާމަލާތްތައް ކުރިއަށްގެންދާނީ ޑޮލަރުން ކަން ފާހަގަކުރައްވައި ވަޖީހު ވިދާޅުވީ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ވަންނަ ޑޮލަރު އިތުރުވެ ޑޮލލަރުގެ މައްސަލައަށް ހައްލު ލިބިގެންދާނެކަމަށެވެ.
ބަންކަރިންގެ ޙިދުމަތް ފެށުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން އިން ގެންނަ ދެ ބޯޓު އަންނަ އާދިއްތަ ދުވަހު މާލެ އަންނާނެކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވަނީ ވިދާޅުވެފައެވެ.
ބަންކަރިންގެ ހިދުމަތް އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުން އިހަވަންދިއްޕޮޅުގަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
