
ބުޅަލެއްގައި ޖެހި ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް
ބުޅަލެއްގައި ޖެހި ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް
ލިޔުން:
ފުވައްމުލަކު ސިޓީގައި ދުއްވާފަދިޔަ ސައިކަލެއްގެ ކުރިމައްޗަށް ބުޅަލެއް އެރުމުން، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
އެސިޓީގެ މިސްކިތް މަގުން ދުއްވާފަ ދިޔަ ސައިކަލެއް ބުޅަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށް ރޭ 21:00 ގައި ފުލުހުނަށް ރިޕޯޓް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓްގައި ސައިކަލު ދުއްވި 36 އަހަރުގެ އަންހެން މީހާއަށް ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެނގިފައިވާ ގޮތުގައި އޭނާ އިތުރު ފަރުވާ އަށް މިއަދު މާލެ ފުރުވައިލަން އަންނަނީ މަސައްކަތްކުރަމުންނެވެ.
އެކްސިޑެންޓް ހިނގި އިރު ސައިކަލު ފަހަތުގައި އިން އެމީހާގެ 12 އަަހަރުގެ އަންހެން ދަރިފުޅަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓްވި ބުޅާ މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
