މާލެ: 31°C

ބުޅާމެރި ނަސީމް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ބަންދު ޖަހައިފި

March 3, 2025
351 ފަހަރު ބަލާފައި
ބުޅާމެރި ނަސީމް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ބަންދު ޖަހައިފި
ބުޅަލެއް މަރާލައިގެން 2023 ވަނަ އަހަރު ހައްޔަރުކުރި މ. ކޮޅުފުށި/ ޖަވާހިރުވާދީ، އަހުމަދު ނަސީމް (47އ.) މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ބުޅަލެއް މަރާލައިގެން 2023 ވަނަ އަހަރު ހައްޔަރުކުރި މ. ކޮޅުފުށި/ ޖަވާހިރުވާދީ، އަހުމަދު ނަސީމް (47އ.) މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން ނަސީމް ކަސްޓޯޑިއަލް ޖަލެއްގައި 30 ދުވަސް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.

ބަންދުގެ ގިނަ ރެކޯޑްތަކެއް އޮންނަ ނަސީމަށް ފުލުހުން ކުރަނީ މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރުމުގެ ތުހުމަތެވެ.

ބަންދު އަމުރުގައިވާ ގޮތުން ނަސީމް ވަނީ މަސްތުވާތަކެއްޗަށް ފަރުވާއަށް އެދިފަ އެވެ.

ނަސީމް ކުރިން ބުޅަލެއް މެރީ ވަޅިން ހަމަލާ ދީގެން ނެވެ.

އެ މައްސަލައިގައި މަހަކަށް ވުރެ ގިނަ ދުވަހު ޖަލު ބަންދުގައި ވެސް ނަސީމް ހޭދަކުރި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ