ބުޅާމަސް އަޅައިގެން އެއްވެސް ބާވަތެއްގެ ކާއެއްޗެއް ތައްޔާރު ކުރިކަމުގެ ހެއްކެއް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
މާލޭގައި އެކި ތަންތަނުން ބުޅާ ހިފައި އެތަަކެތި މަރައި، ކާއެއްޗެހި ހެދި ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ އަރަފާތު ހޮސައިން (32އ) ވަނީ މިދިޔަ އޯގަސްޓް މަހުތެތޭގައި ސެލޫނެއްގެ ތެރެއިން ހައްޔަރު ކޮށްފައެވެ. އަރަފާތު ދިރިއުޅެމުން ދިޔައީ ގ. ރަނައުރާގެ އާގެ 8 ފޫޓާއި 10 ފޫޓުގެ ކޮޓަރިއެއް ކުއްޔަށް ނަގައިގެންނެވެ. އޭނާ ކައްކަމުން ދިޔައީ އެތަނުގެ ތެރޭގަ އެވެ. އެ ސަރަހައްދުގައި އުޅޭ ބައެއް މީހުން ބުނެފައި ވަނީ އެ މީހާ ދިރިއުޅޭ ގެ ކައިރިން ބުޅަލުގެ މަހުގެ ބައިތައް ފެނިފައިވާ ކަމަށާއި، އޭނާއަކީ ބާގާ އާއި ސަބްމެރިން ވިއްކާ މީހެއް ކަމަށެވެ. މީގެ އިތުރުން ބައެއް އަވަށްޓެރިން ބުނެފައިވާ ގޮތުގައި އެމީހާ ނިދައި ކާތަކެތި ތައްޔާރުކުރާ ތަނުން ބުޅާ ހަރުއަޑުން ރޯއަޑު އިވޭތާ އޭރު ހަމަސް ވަރު ވެދާނެ އެވެ. އަދި އެމީހުންގެ ތެރެއިން ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި އޭނާ ބުޅާތައް މެރުމުގެ ކުރިން އެސޮރުމެންނަށް ޖިންސީ ގޯނާކުރާ ކަމަށްވެސް ވެއެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ހިންގިތަހުގީގުގާ ހަވާލާދީ މިއަދު މީޑިއާއަށް ހިއްސާ ކުރި މެސެޖުގައި ބުނެފައިވަނީ، ބުޅާ މަސް އަޅައިގެން އެއްވެސް ބާވަތެއްގެ ކާއެއްޗެއް ތައްޔާރު ކުރިކަމުގެ ހެއްކެ ފެނިފައި ނުވާކަމަށެވެ. އެ މައްސަލާގައި ހައްޔަރު ކުރި މީހާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގޭވަރަށް ހެއްކާއި ގަރީނާ ލިބިފައިނުވާތީ، އެ މައްސަލައިގައި ފުލުހުން ކުރަމުން ދިޔަ ތަހުގީގު މިހާރު ހުއްޓާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން ފުލުހުން ބުނީ، އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިހުރި މީހާ ފުލުހުން އިމިގްރޭޝަނާ ހަވާލު ކުރުމުން އެމީހާ ވަނީ ޑީޕޯޓުކޮށްފައި ކަމަށެވެ.ބުޅާމަސް އަޅައިގެން އެއްވެސް ކާއެއްޗެއް ތައްޔާރުކުރިކަމުގެ ހެއްކެއްނެތް: ފުލުހުން

ބުޅާމަސް އަޅައިގެން އެއްވެސް ކާއެއްޗެއް ތައްޔާރުކުރިކަމުގެ ހެއްކެއްނެތް: ފުލުހުން
ލިޔުން:
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
