މާލެ: 31°C

ބުޅާ ފެސިލިޓީ ސަރުކާރާ ޚަވާލުކޮށްފި

February 27, 2025
140 ފަހަރު ބަލާފައި
ބުޅާ ފެސިލިޓީ ސަރުކާރާ ޚަވާލުކޮށްފި
މާލެ ސަރަހައްދުގައި ދޫވެގެން އުޅޭ ބުޅާތަކަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހެދި ބުޅާ ފެސިލިޓީ (އޮޅު ހިޔާ) ސަރުކާރާ ޚަވާލުކޮށްފިއެވެ.

މާލެ ސަރަހައްދުގައި ދޫވެގެން އުޅޭ ބުޅާތަކަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހެދި ބުޅާ ފެސިލިޓީ (އޮޅު ހިޔާ) ސަރުކާރާ ޚަވާލުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ ބުޅާ ފެސިލިޓީ ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީއާ ޚަވާލުކޮށްފައިވަނީ އެ ފެސިލިޓީގެ ރަސްމީ ހުރިހާ ލިޔެކިއުންތަކާއި ލީގަލް އެސެޓްސް ޓްރާންސްފަރ ގެ މަސައްކަތް ނިމުމަށް ފަހު ކަމަށެވެ.

ބުޅާ ފެސިލިޓީ މިނިސްޓްރީއާ ހަވާލުކުތުމުގެ ހަވާލުކުރުމުގެ ރަސްމީ އެއްބަސްވުމުގައި ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ޞަފްވާން އިބްރާހިމެވެ މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ސެކެޓްރީ ޖެނެރަލް އިބްރާހިމް ރަޝީދެވެ.

މާލެ ސިޓީ ކައުންސިލުން ބުޅާ ފެސިލިޓީ ހެދުމަށްފަހު މިދިޔަ އަހަރުގެ ތެރޭގައި އެތަން ވަނީ ރަސްމީކޮށް ހުޅުވައިފައެވެ. ރަސްމީކޮށް އެ ތަން ހުޅުވައިދެއްވީ ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އެވެ.

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ