މާލެ: 31°C

ބުޅާ ފެސިލިޓީ ހަދަން 1.9 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފި

ބުޅާ ފެސިލިޓީ ހަދަން 1.9 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފި
May 3, 2023
2 ފަހަރު ބަލާފައި
ބުޅާ ފެސިލިޓީ ހަދަން 1.9 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފި

މާލޭގެ މަގުމަތީގައި އުޅޭ ބުޅާތައް އާލާވުން ހުއްޓުވުމަށް ވަގުތީ ފެސިލިޓީއެއް ހަދަން 1.9 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި، އެކައުންސިލްގެ 100 ވަނަ އާންމު ޖަލްސާގައި ވަނީ މާލެ ތެރޭގައި އުޅޭ 1000 ބުޅާ ބެލެހެއްޓޭ ވަރުގެ ވަގުތީ ފެސިލިޓީއެއް "ނިއުޓްރިއަން ފެސިލިޓީ" މަސްވެރިންގެ ޕާކުގައި ހެދުމަށް ނިންމާފައެވެ. " ވަގުތީ ތަނެއްގެ ގޮތުގައި މަސްވެރިންގެ ޕާކްގައި އިމާރާތެއް އެބަހުރި. އެތަން ރީތިކޮށް ސާފުކޮށްލާފަ ވަރަށް އައިޑިއަލްކޮށް މި ސެޓަޕް ހެދޭނެ. އަދި ޖެހިގެން އެބައިން ކޮވިޑް ދުވަސްވަރު އެންބިއުލާންސްތައް ބޭނުންކުރިތަން ހިޔާކޮށްފަ، މިއަށް ބޭނުންވާ ޖާގައަށް ވުރެ ވެސް އިތުރު ޖާގަ އެތްނުން ލިބޭނެ. އެހެންވީމަ އެތަން ބޭނުން ކުރެވޭނެ އާފްޓާރ ކެއާރ ޝެލްޓާގެ ގޮތުގައި." ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ، ބުޅަލުގެ މައްސަަލަ ހައްލު ކުރުމަށްޓަކައި، 1.7 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ނިއުޓަރ ކުރުމަށް ބޭނުންވާ ވަސީލަތައް ގަތުމަށް ހިނގާ ފައިސާގެ ހަރަަދާއި ފެސިލިޓީ ގޮތުގައި ބޭނުން ކުރާނެ ހަރަދުތައް ހިމެނެެއެވެ. ހަތަރު މަސް ދުވަހުގެ މި މަޝްރޫއުގައި ބުޅާތަކަށް ކާން ދިނުމާއި، ބޭސް ފަރުވާ އާއި ވެކްސިން އާއި ބޯހިޔާވަހިކަން ފޯރުކޮށްދޭނެއެވެ. އަދި ނިއުޓަރ ކުރެވޭ ކޮންމެ ބުޅަލެއް މައިކްރޯޗިޕް ކުރެވިގެންދާއިރު، ފާހަގަ ކުރުމުގެ ގޮތުން ކަރުގައި ކޮލާ އެއްވެސް އެޅުވުމާއިއެކު ކޮންމެ ބުޅަލެއް ރެޖިސްޓަރ ވެސް ކުރެވިގެން ދާނެ ކަމަށްވެ ބުނެފައިވެއެވެ. ހަމައެއާއިއެކު އެތަނުގައި ނިއުޓާ ކުރުމުގެ އިތުރުން އެކްސްރޭ ނެގުމާއި ބްލަޑް ޓެސްޓް ކުރުން ފަދަ ކަންކަން ވެސް ކުރިއަށް ދާނެ ކަމަށެވެ. މަގުމަތީ އުޅޭ ބުޅަލުގެ އިތުރުން ޕެޓްގެ ގޮތުން ގެންގުޅޭ ބުޅަލަށް ވެސް އެތަނުން ހިދުމަތް ދޭން ވަނީ ނިންމައިފައެވެ. ބުޅާ ފެސިލިޓީގައި މަސައްކަތް ކުރުމަށް ނަގަނީ ފަރުވާދޭ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން، ސިޓީ ކައުންސިލްގެ ދެ މުވައްޒަފުންނާއި އިއުލާން ކޮށްގެން ނަގާ ހަތަރު މުވައްޒަފުންނެވެ. އެގޮތުން މިހުރިހާ ފަރާތްތަކަށް މުސާރަ ދިނުމާއި ފެސިލިޓީއަށް ކުރަންޖެހޭ ހަރަދުތަކާއިއެކު ޖުމްލަ 1.9 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މީގެ ކުރިން ފިޝަރީޒް މިނިސްޓްރީން ވިލިމާލޭގައި ނިއުޓާ ކުރިއިރު ކޮންމެ ބުޅަލަކަށް ނަގާފައިވަނީ 300 ރުފިޔާއެވެ. ނަމަވެސް މިފަހަރު ބުޅަލެއް ނިއުޓާކުރަން ސިޓީ ކައުންސިލުން ނަގަން ނިންމާފައި ވަނީ 1،500 ރުފިޔާއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ