މާލެ: 31°C
ބުޅާ ފެސިލިޓީ އަށް ތަކެތި ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަނީ

ބުޅާ ފެސިލިޓީ އަށް ތަކެތި ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަނީ

April 1, 2024
2 ފަހަރު ބަލާފައި
ބުޅާ ފެސިލިޓީ އަށް ތަކެތި ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަނީ
ހުޅުމާލޭގައި މިހާރު ހަދަމުންދާ ބުޅާ ފެސިލީޓިގެ މަސައްކަތްތަކާއި އެތަނަށް ބޭނުންވާ ތަކެތި ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ. ސިޓި ކައުންސިލުން ބުނީ މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ސެޝަނެއް މި މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި އޮންނާނެ ކަމަށާއި ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ މި މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ކަމަށެވެ. ހުޅުމާލޭގައި ގާއިމްކުރާ އެ ތަނަކީ މާލެ ސަރަހައްދުގެ ޕާކުތަކާއި މަގުމަތީގަ އާއި އަދި އެ ނޫންވެސް ޢާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ބުޅާ ގިނަވެ، އެ ބުޅާތަކަށް ލިބެމުންދާ އަނިޔާތަކާއި އަދި ތަފާތު ބަލިތައް ޖެހުމުން ސަލާމަތްކޮށް، ބުޅާތައް ދިރިއުޅޭނެ ރައްކާތެރި މާހައުލެއް ގާއިމުކުރުމަށާއި އާންމު ތަންތަނުގައި ބުޅާ ގިނަވުމުގެ ސަބަބުން ފެތުރިދާނެ ބަލިތަކުން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ބޭނުމުގައި ހަދާ ފެސިލިޓީއެކެވެ. އެ ތަނުގައި ބުޅާތައް ކަރަންޓީނު ކުރެވޭ ސަރަޙައްދަކާއި، ކްލިނިކަކާއި، ފާމަސީ އާއި، ލެބޯޓްރީ އަދި ހިޔާވަހިކަމާއި، އެކަށީގެންވާ ސިއްހީ ފަރުވާ އަދި ކުޅޭ ސަރަހައްދު ފަދަ ތަފާތު ހިދުމަތްތައް އެއްފުރާޅެއްގެ ދަށުން ލިބޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެއެވެ. އަދި ގޭގައި ގެންގުޅޭ ބުޅާތަކަށް ވެސް ފެންވަރު ރަނގަޅު ސިއްހީ ފަރުވާ މި ފެސިލިޓީން ލިބިގެންދާނެއެވެ. ހުޅުމާލޭގެ ފޭސް ދޭއްގައި ބުޅާ ފެސިލިޓީގެ ބިންގާ އެޅީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ