މާލެ: 31°C
ބަޖެޓް ސަޕޯޓަށް އިންޑިއާއިން ދިން 50 މިލިއަން ޑޮލަރު، ދެއްކުން ފަސްކޮށްދީފި

ބަޖެޓް ސަޕޯޓަށް އިންޑިއާއިން ދިން 50 މިލިއަން ޑޮލަރު، ދެއްކުން ފަސްކޮށްދީފި

May 13, 2024
2 ފަހަރު ބަލާފައި
ބަޖެޓް ސަޕޯޓަށް އިންޑިއާއިން ދިން 50 މިލިއަން ޑޮލަރު، ދެއްކުން ފަސްކޮށްދީފި
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަވައްޓެރި އިންޑިއާއިން ރާއްޖޭގެ ބަޖެޓް ސަޕޯޓަށް ދިން ފައިސާގެ ތެރެއިން، 50 މިލިއަން ޑޮލަރުގެ ދަރަނި، އަނބުރާ ދެއްކުން ފަސްކޮށްދީފައިވާކަމަށް ދިވެހި ހާރިޖިއްޔާއިން މިއަދު ބުނެފިއެވެ. ފޮރިން މިނިސްޓްރީން މިއަދު ބުނެފައިވަނީ، ދިވެހި ސަރުކާރުން އެދިގެން، ސްޓޭޓް ބޭންކު އޮފް އިންޑިއާ މެދުވެރިކޮށް ނަގާފައިވާ ދަރަނީގެ ތެރެއިން 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑަށް ފައިސާ ދެއްކުން ފަސްކޮށްދީފައިވާ ކަމަށެވެ. ރާއްޖެއާ އިންޑިއާގެ ކަމާބެހޭ ފަރާތްތަކުގެ މެދުގައި މި މުއާމަލާތް ކުރިއަށްގެންގޮސްފައިވަނީ މިދިޔަ ހަފުތާ ތެރޭގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ކުރީގެ ރައީސް ސޯލިހުގެ ވެރިކަމުގައި 2019ވަނަ އަހަރު ކުރެވުނު މުއާމަލާތެއްގައި އެސްބީއައި އިން ވަނީ ޖުމްލަ 200 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބޮންޑް ގަނެފައެވެ. މީގެ ތެރެއިން 50 މިލިއަން ޑޮލަރު އަނބުރާ ދައްކާފައިވާކަމަށް މި ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ. މިކަމާ ގުޅޭގޮތުން އިންޑިއާއިން ބުނެފައިވަނީ، 150 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުން ފަސްކޮށްދިނީ ދެވުނު މުއްދަތުގެ ތެރޭގައި އިތުރު ޗާޖެއް ނުވަތަ އިންޓަރެސްޓް ނާރާގޮތަށް ކަމަަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ