ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް މުޙައްމަދު ފަޒީން އެ ކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.
ފަޒީން ގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރެއްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް މިނިވަންކަމާއެކު، ވަކި ފަރާތަކަށް ނުޖެހި އަދާކުރުމަކީ މިހިނދަށް ވެވެން ނެތް ކަމެއްކަމުގައި ދެކޭތީ އެ މަގާމުން އޭނާ އިސްތިއުފާ ދީފައިވާ ކަމަށެވެ.
އަދި ނޫސްވެރިކަމަށް އަންނަ ހަމަލާތައް ދިފާއުކުރުމާއި، މިނިވަން ދިމިގްރާތީ މުޖުތަމައުއެއް ދެމެހެއްޓުމަށްޓަކައި ނޫސްވެރިކަމުގެ މިނިވަންކަމަށް ކެނޑިނޭޅި މަސައްކަތް ކުރާ މީހެއްގެ ގޮތުގައި ދެމިހުންނާނެ ކަމަށްވެސް ފަޒީންގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
ފަޒީން އެ ކޮމިޝަނުން އިސްތިއުފާދެއްވިއުރު އެ ކޮމިޝަނުގެ އަންހެން މުވައްޒަފަކާ ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައެއް އެ މަޖިލީހުން ދަނީ ބަލަމުންނެވެ.
ފަޒީން ބްރޯޑްކޮމަށް އައްޔަންކުރީ މާޗް 7، 2021 ގަ އެވެ.







