މާލެ: 31°C

ބްރޯޑްކޮމްގެ އާ ރައީސް އަކަށް ސޮފާ

January 22, 2025
464 ފަހަރު ބަލާފައި
ބްރޯޑްކޮމްގެ އާ ރައީސް އަކަށް ސޮފާ
ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ވަރިޔަމް ވަހީދާގެ ދައުރު ހަމަވެ މަގާމް ހުސްވުމުން އެ ކޮމިޝަންގެ އާ ރައީސް އަކަށް ކޮމިޝަންގެ މެންބަރު ސޮފާ ޝަފީގް އައްޔަން ކޮށްފިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ވަރިޔަމް ވަހީދާގެ ދައުރު ހަމަވެ މަގާމް ހުސްވުމުން އެ ކޮމިޝަންގެ އާ ރައީސް އަކަށް ކޮމިޝަންގެ މެންބަރު ސޮފާ ޝަފީގް އައްޔަން ކޮށްފިއެވެ.

ސޮފާ އެ މަގާމަށް އައްޔަން ކުރީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމެއްގައެވެ.

ޓީވީ މޯލްޑިވްްސްގައި ކުރިން ޕްރެސެންޓަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައިވާ ސޮފާ ވަނީ އެދާއިރާއިން ރާއްޖެއިންނާއި ރާއްޖެއިން ބޭރުން މާސްޓާރސް ޑިގްރީ ހާސިލްކުރައްވާފައެވެ.

ސޮފާ ބްރޯޑް ކޮމްގެ މެންބަރުކަމަށް އައްޔަނު ކުރައްވާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

ސޮފާގެ އިތުރުން ބްރޯޑްކޮމްގެ މެންބަރުންގެ ގޮތުގައި މިވަގުތު ތިބީ ނައިބު ރައީސް ފަޒީން އާއި އިއްޔެ އެކޮމިޝަނަށް އަލަށް އައްޔަންކުރި މުހައްމަދު އަބްދުﷲ (މުހައްމާ) އަދި ސަރާހަތިގެ އިތުރުން އައިމިނަތު އަމީނާއާއި ޝިފްލާ އިބްރާހިމެވެ.

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ