ބްރޯޑްކޮމްއަށް ނުލިބި ހުރި ފައިސާގެ ތެރޭގައި ހިމެނެނީ ރީބްރޯޑްކާސްޓިން ލައިސަންސް ފީ އާއި ބްރޯޑްކާސްޓިން ލައިސަންސް ފީގެ އިތުރުން ފުރީކުއެންސީ ފީ އާއި އެ ފީތަކުގެ ޖޫރިމަނާ އެވެ.
ބްރޯޑްކޮމްއަށް ލިބެންޖެހޭ ފައިސާ :
އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ނުލިބި ހުރި ފައިސާގެ ތެރޭގައި ތިން އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފީ އަދި ޖޫރިމަނާވެސް ހިމެނެ އެވެ.
އޮޑިޓު ރިޕޯޓުގައި ވަނީ އެ ފައިސާ ލިބުން އަވަސް ކުރެވޭނެ ގޮތްތަކެއް ހޯދުމަށާއި ކޮމިޝަނަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވައިދާއި އެއްގޮތަށް އަމަލުކުރުމަށް އަންގާފަ އެވެ.
މީގެ އިތުރުން ގާނޫނުގައި ވާގޮތުގެ މަތިން ދައުލަތުގެ ކޮންމެ އޮފީހަކުން ވެސް އޮޑިޓް އޮފީހަށް ހުށަހަޅަން ޖެހޭ އަހަރީ ރިޕޯޓް، 2001 ވަނަ އަހަރު ބްރޯޑްކޮމް އިން ހުށަހަލާފައި ނުވާކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވެއެވެ. އަދި ކޮންމެ މީލާދީ އަހަރެއް ނިމޭތާ ތިންމަސް ތެރޭގައި އެ ރިޕޯޓު ހުށަހެޅުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.







