
ބްރޯޑްކާސްޓިން ކޮމިޝަނުގެގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
ބްރޯޑްކާސްޓިން ކޮމިޝަނުގެގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
ލިޔުން:
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން( ބްރޯޑްކޮމް)ގެ މެމްބަރުކަމަށް ކުރިމަތި ލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
ރައިސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ވާ ގޮތުން އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން މިމަހުގެ 22 ވަނަ ދުވަހު ނުވަތަ 23 ވަނަ ދުވަހު ރައީސް އޮފީހަށް ފޯމު ހުށަހަޅަން ޖެހޭނެ އެވެ.
ބްރޯޑްކޮމް އަށް މެމްބަރު ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ނަންތައް ރައީސް ފޮނުއްވާނީ ރައްޔިތުންގެ މަޖިލީހަށެވެ. މެމްބަރުކަމަށް ހަމަޖައްސާނީ ކޮން ބޭފުޅެއްކަން ކަނޑައަޅާނީ އެ ނަންތައް ދިރާސާކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުުގެ އަޣުލަބިއްޔަތުންނެވެ.
ބްރޯޑްކޮމްގެ މެމްބަރެއްގެ މަގާމު ހުސްވީ އެކޮމިޝަނުގެ ނައިބުރައީސަކަށް ކުރިން ހުންނެވި އަހުމަދު ގައިސް މިދިޔަ އާދީއްތަ ދުވަހު މަގާމުން އިސްތިއުފާދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކުރާ ކެމްޕޭނުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަނަކީ ބްރޯޑްކާސްޓަރުންނަށް ލައިސަންސް ދޫކުރުމަށާއި ބްރޯޑްކާސްޓިން ދާއިރާ ރެގިއުލޭޓް ކުރަން ގާނޫނަކުން އުފައްދާފައި އޮންނަ މިނިވަން ކޮމިޝަނެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
