
ބްރިޖް މަތީގައި 4 ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފި
ބްރިޖް މަތީގައި 4 ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފި
ލިޔުން:
މިއަދު ހެނދުނު ސިނަމާލެ ބުރިޖު މަތިން ހަތަރު ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގަައި އަންހެނަކަށް އަނިޔާވެފައި ވާކަމަށެވެ. އަނިޔާވި އަންހެން މީހާއަށް ސެނަހިޔާ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ލޭނުގައި ހެނދުނު 7:55 ގަ އެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ ބްރިޖުގެ މެދެއްހާ ހިސާބުގަ އެވެ. އެކްސިޑެންޓު ހިނގި ވަގުތަކީ މަގުމަތީގެ ބާރުބޮޑު ވަގުތަކަށް ވުމުން ބްރިޖުގެ ބޮޑު ސަަރަހައްދެއްގައި ޓްރެފިކު ހުއްޓުނެވެ.
މި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މިފަހަކަށް އައިސް އެކްސިޑެންޓްތައް ގިނަވެ އަނިޔާ ލިބޭ މީހުން އިތުރުވެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
