މާލެ: 31°C

ބްރިޖް މަތީގައި ދުއްވާ ފަރާތްތަކުން ބުރުގާ މޫނުމައްޗަށް ވަޔާއެކު ނުދާނޭހެން ބެހެއްޓުމަށް ފުލުހުން އިލްތިމާސް ކޮށްފި

ބްރިޖް މަތީގައި ދުއްވާ ފަރާތްތަކުން ބުރުގާ މޫނުމައްޗަށް ވަޔާއެކު ނުދާނޭހެން ބެހެއްޓުމަށް ފުލުހުން އިލްތިމާސް ކޮށްފި
June 7, 2023
2 ފަހަރު ބަލާފައި
ބްރިޖް މަތީގައި ދުއްވާ ފަރާތްތަކުން ބުރުގާ މޫނުމައްޗަށް ވަޔާއެކު ނުދާނޭހެން ބެހެއްޓުމަށް ފުލުހުން އިލްތިމާސް ކޮށްފި
ސިނަ މާލެ ބްރިޖް މަތީގައި ދުއްވާ ފަރާތްތަކުން ބުރުގާ މޫނުމައްޗަށް ވަޔާއެކު ނުދާނޭހެން ބެހެއްޓުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ. ފުލުހުން ބުނީ، މިދުވަސް ވަރަކީ ވައިގަދަވެ ވިއްސާރަ ކުރަމުން ދާ ދުވަސްވަރަކަށް ވާތީ ބްރިޖް އަދި ލިންކް ރޯޑު ބޭނުން ކުރާފަރާތް ތަކުން މޫސުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް އެދޭ ކަމަށެވެ. އެގޮތުން ބްރިޖް މަތިން ދަތުރު ކުރާ އިރު ބުރުގާ އަޅާފަރާތް ތަކުން ބުރުގާ ވަޔާ އެކު މޫނު މައްޗަށް ނުދާނޭ ހެން ބެހެއްޓުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި ވިއްސާރަ ކޯޓު ބޭނުން ކުރައްވާ ފަރާތްތަކުން ވަޔާއެކު ހަލާކު ވެގެން ގޮސް އެހެން މީހުންގެ މޫނު މަތީގައި ނޯޅޭނެ ފަދަ ރަނގަޅު ކޯޓެއް ބޭނުން ކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ. މީގެ އިތުރުން ވައި ގަދަވާ ގަޑިތަކުގައި އުޅަނދުތަކުގެ ސްޕީޑް ކޮންޓްރޯލްކުރެވޭ މިންގަނޑެއްގައި ހިފެހެއްޓުމަށްވެސް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ. ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުން ދާތީ ކަނޑު ދަތުރު ކުރާ ފަރާތްތަކުން ވެސް މޫސުމަށް ހާއްސަ ސަމާލުކަމެއްދިނުމަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީހުން) ވަނީ އެދިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ