މާލެ: 31°C

ބްރޭކަށް މެދުކަނޑާލިއިރު ވެސް ބަންޑާރަނައިބުގެ އިތުބާރުނެތް ކަމުގެ މައްސަލަ ކުރިއަކަށް ނުދިޔަ

ބްރޭކަށް މެދުކަނޑާލިއިރު ވެސް ބަންޑާރަނައިބުގެ އިތުބާރުނެތް ކަމުގެ މައްސަލަ ކުރިއަކަށް ނުދިޔަ
June 5, 2023
2 ފަހަރު ބަލާފައި
ބްރޭކަށް މެދުކަނޑާލިއިރު ވެސް ބަންޑާރަނައިބުގެ އިތުބާރުނެތް ކަމުގެ މައްސަލަ ކުރިއަކަށް ނުދިޔަ
ޗާގޯސް މައްސަލައާ ގުޅިގެން ބަންޑާރަ ނައިބުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީ ވުމަށް އޭޖީ އިބްރާހީމް ރިއްފަތު މަޖިލީހަށް ވަޑައި ގަތުމުން ވެސް މަޖިލީހުގައި އެމައްސަލަ ކުރިއަށް ނުގޮސް ގިނައިރު ތަކެއް ވެއްޖެއެވެ. އޭޖީ ރިއްފަތު ވަޑައިގަތުމުނ މަޖިލީހުގެ ތަޅުން ހޫނުވެ، މައްސަލަ ހުށަހަޅުއްވާ މެމްބަރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، އެމައްލަ ހުށަހެއްޅުއްވުން ލަސްކުރެއްވުމުން ދެ ފަހަރަށް މަޖިލިސް މެދުކަނޑާ ލެއްވިއެވެ. އަދި ފަހުން ސައިގެ ވަގުތާ ހަަމައަށް ވެސް މައްސަލަ ވަނީ ކުރިއަށްދާ ގޮތް ނުވެފައެވެ. މައްސަލަ ހުށަހެޅުއްވުމުގެ ބަދަލުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު ތަކުރާރުކޮށް ވިދާޅުވީ، ކުރީ ދުވަހު ލިޔުމުން ޖަވާބު ދެއްވާފަ، މިއަދު މަޖިލީހަށް އޭޖީ ހާޒިރުވެވަޑައިގެންނެވީ ކީއްވެގެން ތޯ އޮޅުންފިލުވަން ބޭނުންވެ ވަޑައިގަންނަވާ ކަމަށެވެ. މެމްބަރު އާދަމް ޝަރީފު ވަނީ ބުދަ ދުވަހުގެ ޖަލްސާގައި ބަންޑާރަނައިބު ރިފްއަތު ލިޔުމުން ޖަވާބު ދެއްވުމަށްފަހު މިއަދު ޖަވާބުދާރީވުމަށް މަޖިލީހަށް ވަޑައިގަތުމުން އެމަނިކުފާނު އެ ދުވަހު ހެއްދެވީ ގޯހެއް ކަމަށް އެއްބަސްވެ ވަޑައިގަތުމަށް ގޮވާލައްވާފަ އެވެ. ތަކުރާރުކޮށް މަޖިލީހުގެ ރިޔާސަތުން، މައްސަލަ ހުށަހެޅުމަށް އެދިވަޑައި ގެންނެވި އެވެ. "އިއްޒަތްތެރި މެމްބަރު މައްސަލަ ހުށަހެއްޅުއްވުމުނެ، އެހެން މެމްބަރުންނަށް މައްސަލައާ މެދު ބަހުސް ކުރެވި ކުރިއަށް ގެންދެވޭނީ" ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް، މެމްބަރު ޝަރީފް ވިދާޅުވީ، އެ މެމްބަރުގެ ޕާޓީގެ މެމްބަރުންނާ މަަޝްވަރާ ކުރައްވަން ބޭނުންފުޅު ކަމަށެވެ. އޭގެ ކުރިން، ބައެއްް މެމްބަރުން ނިޒާމީ ނުކުތާ ނަންގަވާ، ވިދާޅުވީ، މައްސަލަ ހުށަހަޅުއްވަން ބޭނުންފުޅުނޫން ކަމަށް ވާނަމަ އަނބުރާ މައްސަލަ ގެންދެވުމަށެވެ. އިދިކޮޅު މެމްބަރުން ދަނީ އެޖެންޑާގައިވާ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުރަސް އަޅަމުންނެވެ. އެގޮތުން, ބައެއް މެމްބަރުން ތެދުވެ ރިޔާސަތުގެ މޭޒު ކައިރިއަށް ގޮސް ހަޅޭއްލެވި އެވެ. އެހެން ކަމުން ގިނަ އިރުތަކެއް ވީި އިރު ވެސް އަސްލު މައްސަލަ ހިންގޭ ގޮތެއް ނުވެ އެވެ. މެމްބަރު ޝަރީފް މައްސަލަ ހުށަހަޅުއްވަން ފެއްޓެވުމުން، އިރު އިރު ކޮޅާ އެެހެން މެމްބަރުން ގެންދަވަނީ ނިޒާމީ ނުކުތާ ނަގާ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އަޅާފައެވެ. އަދި މިއަދުގެ މަޖިލީހުގައި އަޑުގަދަކޮށް ލަަަވަޖަހާ ކަން ވެސް ރިޔާސަތުން ވެސް ވަނީ ފާހަގަ ކުރައްވާފައެެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ