
ބްރެޒިލްގެ އައްސޭރިފަށުން ފެނުނު މިޔަރުތަކެއް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެއްޖެ
ބްރެޒިލްގެ އައްސޭރިފަށުން ފެނުނު މިޔަރުތަކެއް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެއްޖެ
ލިޔުން:
ބްރެޒިލްގެ އައްސޭރިފަށުން ފެނުނު މިޔަރުތަކެއް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެއްޖެކަމަށް ސައިންސްވެރިން ބުނެފިއެވެ.
މަސްތުވާތަކެތި ސްމަގުލް ކުރާ ފަރާތްތަކުން ފްލޮރިޑާ އާއި ސައުތު އެމެރިކާ އަދި ސެންޓްރަލް އެމެރިކާގެ އައްސޭރި ފަށުގެ އެކި ހިސާބުތަކުގައި މަސްތުވާ ތަކެތި ބަހައްޓުމާއި، ކަނޑު އުޅަނދުތަކުގައި ސްމަގުލް ކުރާ މަސްތުވާތަކެތި ފުލުހުންނަށް ފޮރުވުމަށް ކަނޑަށް އުކާލުމަކީ ވަރަށްގިނައި ހިނގަމުންދާ ކަންކަން ކަމަށާއި އެގޮތައް އުކާލާ މަސްތުވާތަކެތީގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ވަރަށްބޮޑެތި އަސަރުތައް ކޮށްފާނެ ކަމަށް ސައިންސްވެރިން އަންނަނީ ޒަމާނުއްސުރެ ބުނަމުންނެވެ.
ބްރެޒިލްގެ އޮސްވާލްޑޯ ކްރޫޒް ފައުންޑޭޝަނުން ކުރި ދިރާސާއަކުން ވަނީ ސްތުވާތަކެތީގެ އަސަރު ޝާކްތަކަށް ކުރާ ކަމުގެ ހެކި ތައް ފެނިފަ އެވެ. އެގޮތުން މަސްދޯނިފަހަރުން ބާނައިގެން ގެނައި 13 ވައިލްޑް ޝާރޕްނޯޒް ޝާރކް ސައިންސްވެރިން ދިރާސާކުރުމުން އެ ޝާކުތައް މަސްތުވާ ތަކެއްޗަށް ޕްޒިޓިވްކަމަށް ވަނީ ދައްކާފައެވެ. މިފަދަ ޝާކުތަކަކީ މުޅި އުމުރު ގޮނޑުދޮށުގައި ނުވަތަ އައްސޭރިފަށުގައި ހޭދަކުރާ ބާވަތެއްގެ މަހަކަށްވާތީ މިފަދަ ޝާކުތަކަކީ އެފަދައިން އުކާލާ މަސްތުވާތަކެތީގެ އަސަރު އެއްމެބޮޑަށް ކުރާނެ އެއް ބާވަތުގެ ދިރުން ކަމުގައިވެސް ސައިންސްވެރިން ބުނެއެވެ.
ސައިންސްވެރިން ބުނި ގޮތުގައި މި 13 ޝާކް ވެސް މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިންއށް ޕޮސިޓިވްވެފައިވާ އިރު، މީގެ ކުރިން އެހެން ދިރޭ ތަކެތިން އެކުލެވޭ ކޮންސެންޓްރޭޝަނަށް ވުރެ 100 ގުނަ އިތުރު ކޮންސެންޓްރޭޝަނެއް ސާކުތަކުން ވަނީ ފެނިފައެވެ.
މިދިޔަ އަހަރުގެ ޖޫން މަހު އެމެރިކާގެ ކޯސްޓްގާޑުން ވަނީ ކެރީބިއަން ކަނޑު އަދި އެޓްލާންޓިކް ކަނޑުން 6،400 ކިލޯ އަށް ވުރެ ގިނަ ކޮކެއިން އަތުލައިގެންފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
