ބޮޑުތަކުރުފާނު ޒިޔާރަތުގެ އާބާތުރަ ފިލުވާނެ ބަޔަކު ހޯދަނީ

ބޮޑުތަކުރުފާނު ޒިޔާރަތުގެ އާބާތުރަ ފިލުވާނެ ބަޔަކު ހޯދަނީ
ލިޔުން:
ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކޮށްދެއްވި ބަތަލު އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދީތައް މަހާރަދުން (ބޮޑުތަކުުރުފާނު)ގެ ޒިޔާރަތް ކަމަށް ބުނާ ޒިޔާރަތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ސަރުކާރުން މިއަދު އިއުލާނުކޮށްފި އެވެ.
ސަގާފީ ތަރިކަތައް ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޒިންމާ އޮންނަ ނެޝަނަލް ސެންޓަ ފޯ ކަލްޗަރަލް ހެރިޓޭޖް (އެންސީސީއެޗް) އިން މިއަދު ކުރި އިއުލާނެއްގައި ވާ ގޮތުން، ބޮޑުތަކުރުފާނު ޒިޔާރަތް އާބާތުރަ ފިލުވުުމުގެ މަސައްކަތާ ހަވާލުވާ ބަޔަކު އެ މަސައްކަތް ކުރަން ޖެހޭނީ އެ ސެންޓަރުންދޭ މައުލޫމާތާ އެއްގޮތަށެވެ. އެ މަސައްކަތަށް ކުރިމަތިލެވޭނީ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
އެ މަސައްކަތުގެ ޕްރީބިޑް މީޓިން އޮންނާނީ އަންނަ އޭޕްރިލް މަހުގެ ނުވަ ވަނަ ދުވަހު،11:30 ގައި ދާރުލް އާސާރު އިމާރާތުގައިވާ އެންސީސީއެޗްގެ އިދާރާގަ އެވެ. އެއަށް ފަހު އެ މަސައްކަތަށ ބީލަން ހުށަހެޅުން އޮންނާނީ އޭޕްރިލް 17 ވަނަ ދުވަހުގެ 11:30 ގަ އެވެ.
ބޮޑުތަކުރުފާނުގެ ޒިޔާރަތް ކަމަށް ބަލަނީ ބިހުރޯޒުކަމަނާ މިސްކިތުގެ ގޯތި ތެރޭގައި ހިރިގަލުން ހަދާފައި ހުރި ޒިޔާރަތެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
