
ބޮޑުތަކުރުފާނު މަގު މަރާމާތުކުރުމަށް ޗައިނާ ކުންފުންޏަކާ ހަވާލުކުރީ 1.4 މިލިއަން ރުފިޔާއަށް
ބޮޑުތަކުރުފާނު މަގު މަރާމާތުކުރުމަށް ޗައިނާ ކުންފުންޏަކާ ހަވާލުކުރީ 1.4 މިލިއަން ރުފިޔާއަށް
ލިޔުން:
ބޮޑުތަކުރުފާނު މަގުގެ ތާރުއަޅަފައިވާ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް 1.4 މިލިއަން ރުފިޔާއަށް ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންޖިނިއަރިންގ އާއި ހަވާލުކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.
މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން ބޮޑުތަކުރުފާނު މަގުގެ 32 ތަނެއް މަރާމާތުކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ބޮޑުތަކުރުފާނު މަގާއި އިއްޒުއްދީން މަގުގެ ތާރު އެޅި ބައި މަރާމާތުކުރުމުގެ މަސައްކަތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ނިމޭނެކަމަށް އުންމީދުކުރާ ކަމަށާއި، އެއްބަސްވުމުގައި ވާގޮތުން އެމަގުގެ މަރާމާތު ކުރަންޖެހޭ 32 ތަނުގެ މަސައްކަތް ނިންމަން ދީފައިވަނީ 30 ދުވަހުގެ މުއްދަތެއް ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.
[embed]https://twitter.com/MMuizzu/status/1650073809427501057?s=20[/embed]
2018 ވަނަ އަހަރުގެ ތެރޭގައި އެމަގުގައި ތާރުއަޅުމުގެ މަސައްކަތް ނިންމައި އާއްމުންނަށް ހުޅުވާލާފައިވީ ނަމަވެސް އެ މަގުގެ ބައެއް ސަރަހައްދުތައް ވަނީ ހަލާކުވެފައެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ވަނީ ސިޓީ ކައުންސިލުން އެމަގު ހެދުމުގެ މަސައްކަތް ފަށާފައެވެ.
ބޮޑުތަކުރުފާނު ހެދުމުގެ ކުރީގެ މަޝްރޫއުގައި މާލޭ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުން ފެށިގެން، ހުޅުމާލެ ފެރީ ޓަރމިނަލާ ހަމައަށް އޮންނަ ސަރަހައްދުގައި ތާރުއަޅައި ވަނީ ނިންމާލާފައެވެ. އެހެންކަމުން މިފަހަރު މި މަޝްރޫއުގެ މަގްސަދަކީ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ބްރިޖަށް ދާން އޮންނަ ބޮޑު މަގަކީ ވީހާވެއް ތޮއްޖެހުން ކުޑަ ދުއްވަން ފަސޭހަ މަގެއްގެ ގޮތުގައި ހެދުމެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
