
ބޮޑުމޮހޮރާގައި ބަނގުރާ ވިއްކަމުންދިޔަ 3 މީހަކު ހައްޔަރުކޮށްފި
ބޮޑުމޮހޮރާގައި ބަނގުރާ ވިއްކަމުންދިޔަ 3 މީހަކު ހައްޔަރުކޮށްފި
ލިޔުން:
ވ. ބޮޑުމޮހޮޮރާގައި ބަނގުރާ ވިިއްކާ ކަމަށް ލިބުނު މައުލޫމާތަަކާއި ގުޅިގެން ފުލުހުންގެ ޑްރަގް އެންފޯސްމެންޓާއި އިންޓަލިޖެންސް އަދި ވ. އަތޮޅު ފުލުހުން ގުޅިގެން ހިންގި އޮަަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކ. މާލެ ލަކްސްގާޑަން އަހުމަދު އަޝްރަފް 43 އަހަރު، ގދ. ތިނަދޫ ބުލޫހެވަން އާގެ އަމްޖަދު މުހައްމަދު 50 އަހަރު އަދި ނަލިން އިންޑިކާ ކޮޑިކާރަ ކިޔާ 53 އަހަރުގެ ސްރީލަންކާގެ ރައްޔިތެކެވެ. ފުލުހުން ބުނީ މި މައްސަލައިގައި އެ ރަށް ބަލާ ފާސްކުރިއިރު، އެރަށުން 24 ފުޅި ބަނގުރާ ފެނިފައިވާ ކަމަށާއި އަދި އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންކަމަށެވެ.
ބޮޑުމޮހޮރާ އަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫދާއިރާގެ ކުރީގެ މެންބަރ އަބްދުﷲ ޖާބިރު ގެ ހިއްސާއިންނަ ކުންފުންޏަކަށް 50 އަހަރަށް ރިސޯޓް ތަރައްގީކޮށް ހިންގުމަށް ކުއްޔަށް ދޫކޮސްފައި އޮންނަ ރަށެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
