
ބޮޑުކަންނެލި ނުކިރިގެން މަސްވެރިން ކަންބޮޑުވުން ފާޅުކޮށްފި
ބޮޑުކަންނެލި ނުކިރިގެން މަސްވެރިން ކަންބޮޑުވުން ފާޅުކޮށްފި
ލިޔުން:
ކަންނެލި ނުކިރޭތީ، ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ މީހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
މިއަދު ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިން ކުރި ޓްވީޓެއްގައި ފެންނަނީ، ކަންނެލި ނުކިރި ކިޔޫގައި ތިބި ގިނަ އަދަދެއްގެ ދޯނިތަކެކެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެ ދޯނިތައް ކިއު ހަދައިގެން ތިބީ ހުޅުމާލޭ ފަޅުތެރޭގަ އެވެ. އެއީ އެންސިސް އަށް މަސްކިރުމަށެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ޝަކުވާއަކީ ކަންނެލީގެ އަގުދަށްވުމާއި، މަސް ނުކިރި ގިނައިރުވެ މަހުގެ ކޮލިޓީ ދަށްވުމެވެ.
" ކިއުގައި5 ދުވަހުތިބެންޖެހުމީ ވަރަށް ދެރަ ކަމެއް. ކަންނެލި މަސްވެރިކަން ކުޑަކޮށްވެސް ރަނގަޅު ވާއިރަށްމިއީކަންނެލި މަސްވެރިން އުޅެންޖެހޭހާލު.ދެންކިޔާނެ ކޮލިޓީ ދަށިއްޔޭ، ކަންނެލިބާނަން ހޭދަކުރާ ދުވަހަށްވުރެގިނަ ދުވަސް ކަންނެލި ކިއުގައި ތިބެންއެބަޖެހޭ ކަންނެލި މަސްވެރިކަން ރަނަގޅު ވުމުން އަގު އެބަ ދައްވޭ" ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން ގެ މެމްބަރަކު ބުންޏެވެ.
[embed]https://twitter.com/FishermensUnion/status/1632247557060689920[/embed]
ކަންނެލި މަސްވެރިންގެ އެންމެބޮޑު ކަންބޮޑުވުމަކީ މިފްކޯއިން މަސް ނުގަތުން ކަމުގައި ވެސް އެ ޔޫނިއަން އިން 'މިނިވަން' އަށް ބުންޏެވެ.
" ފެކްޓްރީ ތަކުގަ ނެތް ކަންނެލި ގަނެވޭ ވަރުގެ ކެޕޭސިޓީއެއް، އެހެން ވީމަ ، ހައްލަކީ ހަމަ ސަރުކާރުގެ މަސްކުންފުނި މިފްކޯއިން މަސް ގަތުން، މިފްކޯއިން ނުގަނޭ ބޮޑުކަންނެއްޔެއް، މިކަމާ އަޅުގަނޑުމެން އެކި އިދާރާ ދަތުދަންނަވާ މަސައްކަތް ކުރަމުން މިދަނީ " ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިން ބުންޏެވެ.
މީގެ އިތުރުން ކަންނެލީގެ މަސްވެރިކަން ރަނގަޅުވާ ކޮންމެފަހަރަކު އަގު ދައްވެގެން ދިއުމަކީ ވެސް އެ ޔޫނިއަންގެ ކަންބޮޑުވުމެކެވެ.
އެ ޔޫނިއަން އިން އަގު ހުށަހަޅަނީ 80 ރ. އަށް ވުރެ ދަށްނުވާގޮތަށް ކަންނެލީގެ އަގު ހިފެހެއްޓުމަށެވެ. ނަމަވެސް މިހާރުވެސް އެވަރެޖް އަގު އުޅެނީ 65 ހާ ހިސާބުގައި ކަމަށް އެ ޔޫނިއަން އިން ބުންޏެވެ.
ކަންނެލި މަސްވެރިކަމަށް އެއްވެސް ސަރުކާރަކުން އަޅާލަ އެއްބާރުލުން ނުލިބޭތީ ކަމަށް ބުނެ ، ކަންނެލީގެ މަސްވެރިކަން ކުރާ މީހުން، ޖަމިއްޔާއެއް އުފައްދާ، އެމީހުންގެ ހައްގުހޯދަން މަސައްކަތް ކުރަމުންދެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
