މާލެ: 31°C

ބޮޑެތި މުސާރަތަކަކާ އެކު ކުޑަގިރިއަށް މުވައްޒަފުން ހޯދަނީ

December 15, 2022
2 ފަހަރު ބަލާފައި
ބޮޑެތި މުސާރަތަކަކާ އެކު ކުޑަގިރިއަށް މުވައްޒަފުން ހޯދަނީ
ބޮޑެތި މުސާރަތަކަކާ އެކު ކުޑަގިރިއަށް މުވައްޒަފުން ހޯދަނީ
ބޮޑެތި މުސާރަތަކެއް ދޭ ގޮތަށް ކުޑަގިރި ޕިކްނިކް އައިލެންޑަށް މުވައްޒަފުން ހޯދަން އޯޕަންޑޭ އެއް ބާއްވަން އެޗްޑީސީން ނިންމައިފި އެވެ. ސޯޝަލްމީޑިއާގައި އެޗްޑީސީން އިއްޔެ ކުރި އިޝްތިހާރެއްގައިވާ ގޮތުން ކުޑަގިރިއަށް މުވައްޒަފުން ހޯދަން ބާއްވާ އޯޕަންޑޭ އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެކޯޕަރޭޝަނުގެ ހެޑް އޮފީހުގަ އެވެ. އެ އިސްތިހާރުގައިވާ ގޮތުން ކުޑަގިރިއަށް ހޯދާ މުވައްޒަފުންގެ ތެރެއިން އެންމެ ބޮޑު މުސާރައެއް ލިބޭނީ އެކައުންޓެންޓުންނަށެވެ. އެއީ 23،000.ރ އެވެ. ދެވަނައަށް އެންމެ ބޮޑު މުސާރައެއް ލިބޭ މޮނިޓަރިން އެންޑް ސެކިއުރިޓީ ސުޕަވައިޒަރުގެ ވަޒީފާއަށް ނަގާ ފަރާތްތަކަށް 17،000ރ. ގެ މުސާރައެއް ލިބޭނެ އެވެ. އެޗްޑީސީގެ އިޝްތިހާރުގައިވާ ގޮތުން ކުޑަގިރިއަށް ހޯދާ މުވައްޒަފުންގެ ތެރެއިން އެންމެ ދަށް މުސާރައެއް ދޭނީ ސާފުކުރާ މީހުންނަށާއި ސެކިއުރިޓީ އެސިސްޓެންޓުންނަށެވެ. އެ ދެވަޒީފާގެ މުސާރައަކީ 8،500.ރ އެވެ. ކުޑަގިރީގެ ވަޒީފާތަކާއި މުސާރަތައް
  • އެކައުންޓެންޓް: 23،000.ރ
  • މޮނިޓަރިން އެންޑް ސެކިއުރިޓީ ކޯޑިނޭޓަރް: 17،000.ރ
  • ރެކްރިއޭޝަން އެންޑް އިވެންޓްސް ސުޕަވައިޒަރް: 17،000.ރ
  • އެގްޒެކެޓިވް ސެކްރެޓަރީ: 14،500.ރ
  • ޕާޗޭޒިން އެންޑް ސްޓޯ ކޯޑިނޭޓަރް: 14،500.ރ
  • އެޗްއާރް އެންޑް ޓްރެއިނިން ކޯޑިނޭޓަރް: 14،500.ރ
  • ސޭލްސް އެންޑް ރިޒަވޭޝަންސް ކޯޑިނޭޓަރް: 14،500.ރ
  • ޓެނެންޓް މެނޭޖްމެންޓް ކޯޑިނޭޓަރް: 14،500.ރ
  • މާކެޓިން އެންޑް ޕީއާރް ކޯޑިނޭޓަރް: 14،500.ރ
  • ރިސެޕްޝަނިސްޓް: 13،000.ރ
  • އިމާމް: 12،500.ރ
  • ސެކިއުރިޓީ އެސިސްޓެންޓް: 8،500.ރ
  • ކްލީނާސް: 8،500.ރ
[embed]https://twitter.com/hdcmaldives/status/1603024180433543168?s=20&t=YOUF8-SpbZ3YNdfTbugMNA[/embed] ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވުމައްޓަކައި މިހާރު ވަނީ އެރަށައް ފެރީގެ ހިދުމަތް ދޭނެފަރާތެއް ހޯދަން ވެސް އިއުލާނުކޮށްފަ އެވެ. މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ޕިކްނިކް ދާނެ ރަށެއް ހަމަޖައްސައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. މި ވައުދުގެ ދަށުން އެއްމެ ފުރަތަމަ ޕިކްނިކް އައިލެންޑްގެ ގޮތުގައި ހަމަޖެއްސީ އެނބޫދޫ ފަޅުގައި ހިއްކާފައިވާ ސަރަހައްދެވެ. ނަމަވެސް ސަރުކާރުން ފަހުން ނިންމީ ޕިކްނިކް އައިލެންޑްއެއްގެ ގޮތުގައި ކުޑަގި ތަރައްގީ ކުރާށެވެ. އެ ރަށުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ