ބޮޑެތި ކުށްތަކުގައި ބިދޭސީން ބައިވެރިވާ ވަރު އިތުރުވެއްޖެ: ހޯމް މިނިސްޓަރު

ބޮޑެތި ކުށްތަކުގައި ބިދޭސީން ބައިވެރިވާ ވަރު އިތުރުވެއްޖެ: ހޯމް މިނިސްޓަރު
ލިޔުން:
ބޮޑެތި ކުށްތަކުގައި ބިދޭސީން ބައިވެރިވާ މިންވަރު އިތުރުވެފައިވާ ކަަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަކަށް ލިއުމުން ދެއްވި ޖަވާބުގައި އިމްރާން ވިދާޅުވީ ބޮޑެތި ކުށްތަކާއި ކުރިން ބިދޭސީން ބައިވެރިވުން މަދު ކުށްތަކުގައި ވެސް ބިދޭސީން ބައިވެރިވާ ވަރު އިތުރުވަމުންދާ ކަމަށެވެ. އެކަން ފާހަގަ ކުރެވިގެން ސިޔާސަތުތައް ހިންގުމާއި އޮޕަރޭޝަންތައް ހިންގުމުގައި ހޯމް މިނިސްޓްރީންނާއި ފުލުހުން އަންނަނީ އެކަމަށް ހާއްސަ ސަމާލުކަމެއް ދެމުން ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.
"...ކުރިން ބިދޭސީން ޝާމިލުވުން މަދު ކުށްތަކުގަޔާއި ބޮޑެތި ކުށްތަކުގައި ބިދޭސީން ބައިވެރިވަމުންދާ މިންވަރު އިތުރުކަން ފާހަގަކުރެވި، ސިޔާސަތުތައް ކަނޑައެޅުމުގަޔާއި އޮޕަރޭޝަންތައް ހިންގުމުގައި މިނިސްޓްރީންނާއި ދިވެހި ފުލުހުންގެ ހިދުމަތުން ގެންދަނީ މިކަމަށް އިތުރު ސަމާލުކަމެއް ދެމުންނެވެ،" ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވި، ސިޓީގައި އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދިވެހިންނަށް ވުރެ މާ ގިނައިން ބިދޭސީން ބައިވެރިވާ ދެކުށެއް އޮވެ އެވެ. އެއީ ހަށިވިއްކުމާއި ޖުވާކުޅުން ކަމަށާއި އެ ދެކުށް ހުއްޓުވަން މިދިޔަ ތިން އަހަރު ފުލުހުން ހާއްސަ އޮޕަރޭޝަންތައް ހިނގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖިނާއީ ކުށްތަކަށް ނުވިޔަސް އާއްމުންނަށް އުނދަގޫވާ ގޮތަށް ބިދޭސީން ހިންގާ ކަންތައްތައް އެކަންކަމާ ބެހޭ އިދާރާތަކަށް ފުލުހުން ހުށަހަޅަމުން ގެންދާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. އެފަދަ އެއް ކަމަކީ އޭނާ ވިދާޅުވި ގޮތުގައި މަގުމަތީގައި ވެހިކަލްތައް ސާފުކުރުމާއި އެ މަސައްކަތް ކުރަން އެދި މީހުންގެ ފަހަތުން އުޅުމެވެ. އެގޮތަށް އުޅޭ ބިދޭސީންނަށް ފުލުހުން ނަސޭހަތް ދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"...ގަވައިދާ ހިލާފަށް މަގުމަތީގައި މުދާ ބަހައްޓައިގެން ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ޓަކައި އެފަދަ ބިދޭސީންނާއި އަދި ދިވެހިންގެ މައުލޫމާތު ނޯޓްކޮށް، މަހަކު އެއް ފަހަރު އެފަދަ މައުލޫމާތުތައް ސިޓީކައުންސިލާ ހިއްސާކުރެވި، ކައުންސިލާ ގުޅިގެން މަސައްކަތްތަކެއް ކުރެވެމުން ދެ އެވެ،" ސިޓީގައި މިނިސްޓަރު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
