މާލެ: 31°C

ބޮޑެތި ކަންތައްތަކެއް ނުނިންމާ މަޖިލިސް ޗުއްޓީއަށް

ބޮޑެތި ކަންތައްތަކެއް ނުނިންމާ މަޖިލިސް ޗުއްޓީއަށް
June 22, 2023
2 ފަހަރު ބަލާފައި
ބޮޑެތި ކަންތައްތަކެއް ނުނިންމާ މަޖިލިސް ޗުއްޓީއަށް

ބޮޑެތި ކަންތައްތަކެއް މަޖިލިހަށް ހުށަހަޅާފައިވަނިކޮށް، އެއިން އެއްވެސް ކަމެއް ނުނިންމާ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ނިމި މަޖިލިސް ޗުއްޓީއަށް ހިނގައްޖެ އެވެ.

މިއަދު މަޖިލީހުގެ މި ދައުރު ނިމުނުކަން އިއުލާނު ކުރެއްވީ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ކޮމިޓީތަކަށް މެންބަރުން ކަނޑައެޅުމުގެ ބަހުސް ނިމުމުން ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވަނީ މަޖިލީހުގެ މި ދައުރު ނިމުނުކަން އިއުލާން ކުރައްވާފަ އެވެ. ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފަސް ކަމެއް ނިންމާފައި ނޫނީ މަޖިލިސް ޗުއްޓީއަށް ނުދާ ގޮތަށް ދައުރު ދިގުކުރަން އެމްޑިޕީއިން ވަނީ މިއަދުގެ ޖަލްސާގައި އެދިފައެވެ.

އެމްޑިޕީއިން ނިންމަން އެދުނު މައްސަލަތައް

  1. ކޮމިޓީތައް އެކުލަވައިލުމުގެ މައްސަލަ
  2. އޭޖީ އިބްރާހީމް ރިފްއަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަކިކުރުމުގެ މައްސަލަ
  3. މަޖިލީހުގެ ގަވައިދު ބަދަލުކުރުމުގެ މައްސަލަ
  4. އިލެކްޝަންސް ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރުން
  5. މަޖިލީހުގެ ރައީސާއި ނައިބުރައީސް ވަކިކުރުމުގެ މައްސަލަ
މިފަދަ މުހިންމު މައްސަލަތަކެއް ހުއްޓާ، މަޖިލިސް ޗުއްޓީއަށް ދިޔަ އިރު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. ޗުއްޓީއަށްފަހު މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފަށާނީ އޮގަސްޓް މަހު އެވެ. މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފެށީ މޭ 18 ވަނަ ދުވަހު އެވެ.  ދެވަނަ ދައުރުގައި 14 ޖަލްސާ ބެއްވި އިރު 4 ޖަލްސާއެއް ވަނީ ކުރިއަށް ނުގޮސް ހުއްޓާލާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ