މާލެ: 31°C

ބޮޑެތި އިންވެސްޓަރުންނަށް ރާއްޖެއިން ހިޔާވަހިކަން ދެނީ

ބޮޑެތި އިންވެސްޓަރުންނަށް ރާއްޖެއިން ހިޔާވަހިކަން ދެނީ
September 1, 2024
2 ފަހަރު ބަލާފައި
ބޮޑެތި އިންވެސްޓަރުންނަށް ރާއްޖެއިން ހިޔާވަހިކަން ދެނީ
ބޮޑެތި އިންވެސްޓަރުންނަށް ރާއްޖެއިން ހިޔާވަހިކަން ދިނުމާމެދު ކެބިނެޓްގައި މިއަދު މަޝްވަރާކުރާނެކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވެއްޖެއެވެ. މިއަދުގެ ކެބިނެޓް ބައްދަލުވުމުގެ ކުރިން ރައީސް އޮފީހުން އެކްސް ގައި ޝާއިރުކޮސްފައިވާ ކުރު ވީޑޯ މެސެޖެއްގައި އެމަނިކުފާނު ވިދަޅުވީ ދުނިޔޭގެ ބައެއް ކުރިއަރާފައިވާ ބައެއް ގައުމުތަކުގައިވެސް އަމަލުކުރަމުން އަންނަ ގޮތަށް އިގުތިސާދު ޑައިވަސިފައި ކުރުމުގެ ގޮތުން އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމެއް ކުރިއަށް ގެންދަން މަޝްވަރާކުރާނެ ކަމަށެވެ. އަދި އެމަނިކުފާނު ވިދާޅުވީ އެކަމަކީ ވަރަށް ތަފާތު ކަމެއްނަމަވެސް އެކަމަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުޙިއްމު އަދި ކުރިއަރާފައިވާ ބައެއްގައުމުތަކުގައިވެސް ކުރަމުންއަންނަ ކަމެއްކަމަށެވެ. އެގޮތުން އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމްތަކަކީ ސިންގަޕޫރު އަދި ދުބާއީގައި ވެސް ހިންގާ ޕްރޮގްރާމެއްކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ