
ބޮޑެތި އިންވެސްޓް ކުރާ ފަރާތްތަކަށް ހިޔާވަހިކަން ދިނުމަކީ 2020 ގައި ފަށާފައިވާ ކަމެއް: ފައްޔާޒް
ބޮޑެތި އިންވެސްޓް ކުރާ ފަރާތްތަކަށް ހިޔާވަހިކަން ދިނުމަކީ 2020 ގައި ފަށާފައިވާ ކަމެއް: ފައްޔާޒް
ލިޔުން:
ބޮޑެތި އިންވެސްޓް ކުރާ ފަރާތްތަކަށް ހިޔާވަހިކަން ދިނުމަކީ 2020 ގައި ފަށާފައިވާ ކަމެއްކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެކަމާ ގުޅިގެން ފައްޔާޒް ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒް މިއަދު އިއުލާނު ކުރެއްވި އިންވެސްޓާ ރެސިޑެންސީ ޕްރޮގްރާމަކީ މުޅިން އަލަށް ރާއްޖޭގައި ތައާރަފްކުރާ ކަމެއް ކަމަށް ވިދާޅުވި ނަމަވެސް އެކަމަކީ އެމްޑީޕީ ސަރުކާރުން 2020 ވަނަ އަހަރު އިމިގްރޭޝަން ގާނޫނަށަ ގެނައި ބަދަލާއެކު މިހާރު ކުރިއަށްދާ ކަމެއް ކަމަށެވެ.
އަދި ފައްޔާޒް ވިދާޅުވީ ގާނޫނުން ކަނޑަނޭޅިނަމަވެސް ރައީސް ޔާމީންގެ ސަރުކާރުންވެސް އެކަން ފޯރުކޮށްދީފައިވާކަމަށާއި އެކަން ކުރީ އިންވެސްޓަރުން ރާއްޖޭގައި ދިގު މުއްދަތުގައި ބޭތިއްބުމަށް ހިތްވަރު ދިނުމުގެ ގޮތުން ފޯރުކޮށްދޭ އާ ވިސާއެއް ގޮތުގައި ކަމަށެވެ.
އަދި އިންވެސްޓަރުން ރާއްޖޭގައި ގިނަ ދުވަހު ތިބުމުގެ ސަބަބުން ރާއްޖޭގައި އިތުރު އިންވެސްޓްމަންޓް ކުރުމަށް ހުޅުވޭ އައު ދޮރަކަށްވެސް ވާނެތީ ކަމަށެވެ.
އެމްޑީޕީން ކޮށްނިންމާފައިވާ ކަންކަން ސަރުކާރުން އަލަށް ކުރާ ކަމެއްކަމަށް ވިދާޅުވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި، އޭރު އިމިގްރޭޝަން ގާނޫނަށް އެ ބަދަލު ގެނާއިރު ޕީއެންސީން ގޮވަމުން ދިޔައީ ގައުމު ވިއްކާލަނީއޭ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
އެހެންނަމަވެސް އިންވެސްޓަ ރެސިޑެންސީ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމެވުމަކީ ހެޔޮފާލެއް ކަމަށާއި އެކަމަށްޓަކައި މަރުހަބާ ދަންނަވާ ކަމަށްވެސް ފައްޔާޒް ދެންނެވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
